
އީދު ހަވީރު ކުލަގަދަކޮށް އެމްއޭސީއެލްއިން ބާއްވަނީ

ރިޟްވާން މޫސާ - 19 މާރިޗު 2026 - 18:40
މިއަހަރުގެ ފިތުރު އީދު ގެ ކުޅިވަރު ހަރަކާތްތައް ކުލަގަދަކޮށް ބާއްވަން މޯލްޑިވްސް އެއާޕޯޓްސް ކޮމެޕެނީ ލިމިޓެޑް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެމއޭސީއެލް އިން ބުނީ މުޖުތަމަޢުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެނިޔަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް،ދިވެހި ސަރުކާރުގެ ފަރާތުން ވިލަރެސްކޮށް ކުރިއަށް ގެންދާ "ޢީދު ހަވީރު 1447"ގައި ފޯރި ގަދަ ކުޅިވަރު ހަރަކާތްތަކެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
އެމްއޭސީއެލް އިން އިންތިޒާމް ކުރާ ޒޫޓޯޕިއާ ކުޅިވަރު ހަރަކާތްތައް ބާއްވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.
ތަފާތު ގިނަ ކުޅިވަރުގެ އައިޓަމް ތަކެއް ކުރިއަށް ގެންދަން ނިންމާފައިވާއިރު އެމް.އޭސީ.އެލްގެ ސްޓޯލް ޤާއިމްކުރެވިފައި ހުންނާނީ ސެންޓްރަލް ޕާކުގެ އިރުމަތީ ފަރާތު އެންޓްރެންސްގައެވެ.
މި ހަރަކާތްތައް ކުރިއަށް ގެންދާނީ ފިޠުރު ޢީދު ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 4.00 އިން 6.00އަށެވެ. މިއީ މިފަދަ ޚާއްޞަ މުނާސަބަތުތަކުގައި ރައްޔިތުންނަށް އުފާވެރި އަދިޢާއިލާތަކަށް މާނަހުރި ވަގުތުތަކެއް ހޯދައިދިނުމުގެ މަޤްޞަދުގައި އެމް.އޭ.ސީ.އެލްއިންކުރިއަށް ގެންދާ ކުޅިވަރު ހަރަކާތްތަކެކެވެ.
މިއީ ކުޑަކުދިންނާއި އާއިލާތަކަށް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ "ޒޫޓޯޕިއާ" ތީމްގެ ކުޅިވަރު ސަރަހައްދެކެވެ. މި ސަރަހައްދުގައި ޒޫޓޯޕިއާގެ ކެރެކްޓަރ މެސްކޮޓްތައްސްޓޯލް ކުރިއަށްދާ ވަގުތު ހަރަކާތްތެރިވަމުން ދާނެއެވެ. މި ސްޓޯލްގެ އެންމެ ޚާއްޞަ އެއް ކަމަކީ ސްޓޯލްގެ މެދުގައި ތައްޔާރުކޮށްފައިވާ "ޓްރީހައުސް" (ގަސްމަތީ ގެ) އެވެ.
މީގެ އިތުރުން، "އެކްސް ތްރޯއިންގ" (ކޮޅުފިލި އުކުން)، "ރެކިންގ ބޯލް"، އަދި "ޝޫޓް ޔޯ ޝޮޓް" ފަދަ ހުރިހާ އުމުރުފުރައަކާ ގުޅޭ ތަފާތު ކުޅިވަރުތަކުގައި ޒިޔާރަތްކުރާ ފަރާތްތަކަށް ބައިވެރިވެވޭނެއެވެ.
ޢީދަކީ އެއްބައިވަންތަކަމާއި އުފާވެރިކަމުގެ މުނާސަބަތަކަށް ވާއިރު، އެމް.އޭ.ސީ.އެލްގެ އަމާޒަކީ ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، މުޖުތަމައަށް ފައިދާހުރި ކަންކަމުގައި ދެމިއޮތުމެވެ.
ގުޅުން ހުރި ޙަބަރުތައް

އަތޮޅު ފެރީތައް ވިލިމާލެއާއި ހުޅުމާލެ ޓާމިނަލަށް
2 ގަޑިއިރު ކުރިން

ރައީސްގެ ދެކަނބަލުން ޢީދު ސަލާމް ކުރެއްވުން މާދަމާ މުލިއާގޭގައި އޮންނާނެ
6 ގަޑިއިރު ކުރިން

އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު ވެސް އަވަހާރަކޮށްލައިފި
ދުވަހެއް ކުރިން
އަލިފާނުގެ ހާދިސާ އާއި ގުޅިގެން ބައެއް ގެތަކުން ކަރަންޓު ކަނޑާލައިފި
ދުވަހެއް ކުރިން


.gif&w=3840&q=75)