
އިސްރާއީލުގެ އެންމެ ބޮޑު ތެޔޮ ރިފައިނަރީއަކަށް އީރާނުގެ މިސައިލް ޙަމަލާއެއް

ރިޟްވާން މޫސާ - 19 މާރިޗު 2026 - 20:14
އިސްރާއީލުގެ ހައިފާގައި ހުންނަ ޔަހޫދީންގެ ތެޔޮ ރިފައިނަރީއަކަށް އީރާނުން ވަރުގަދަ ޙަމަލާއެއްދީ ގެއްލުންތައް ދީފިއެވެ.
އީރާނުގެ ރައްދު ހަމަލާއެއްގައި އިސްރާއީލަށް ފޮނުވާލި ބެލިސްޓިކް މިސައިލްގައި އެސަރަހައްދުގެ ކަރަންޓު ގްރިޑަށް ގެއްލުން ލިބި މުޅި އެ ސަރަހައްދުގައިވެސް ވަނީ ކަރަންޓުގެ ޙިދުމަތް މެދުކެނޑިފަ އެވެ.
މީގެ ކުރިން ވެސް އީރާނުން ވަނީ ހައިފާގެ ތެޔޮ ރިފައިނަރީ އަށް މިސައިލް ހަމަލާތަކެއް ދީ 3 މީހަކު ވެސް މަރާލާފަ އެވެ.
ހައިފާގެ ތެޔޮ ރިފައިނަރީއަށް ދިން ޙަމަލާގެ އިތުރުން ދެކުނުގައި ހުރި ރިފައިނަރީތަކާއި ސަލާމަތީ އަމާޒުތަކަކަށާއި އަސްކަރިއްޔާއާ ގުޅުންހުރި މަރުކަޒުތަކަކަށް ވެސް އީރާނުން މިސައިލް ޙަމަލާ ދީފައިވެއެވެ.
އީރާނުން ފުލު ފުލުން އިސްރާއީލަށާއި، އެމެރިކާގެ އަސްކަރީ ބޭސް ތަކަށް އަމާޒުކޮށްގެން ވަރުގަދަ ހަމަލާތަކެއް ފަށާފައި މިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލު ގުޅިގެން އީރާނު ފުޑުފުޑު ކޮށްލާނެ ކަމަށް ބުނެ ފަށާފައިވާ ހަނގުރާމައިގެ ރައްދު ހަމަލާތަކެވެ.
ގަލްފުގެ ބައެއް ޤައުމުތަކަށް ވެސް އީރާނުން ދަނީ ޙަމަލާ ދެމުންނެވެ. ނަމަވެސް އެ ޤައުމުތަކަށް ޙަމަލާ ދިނުމުގައި އީރާނުގެ މުޅިން ވެސް ޙަމަލާ އަމާޒުކުރަނީ އެމެރިކާއާއި ޔަހޫދީންގެ މަސްލަހަތު އޮތް ތަންތަނަށާއި އަސްކަރީ މަަރުކަޒުތަކަށެވެ
މެދުއިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި އިގްތިސާދީ ހީނަރުކަމެއް އަންނާނެ ކަމަށް މަޝްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ލަފާކުރައްވާއިރު އެމެރިކާ އަށް ވެސް މިވަގުތު ބޭނުންވާ ތެލާއި ގޭސް ލިބުން ދަތިވެފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.
މި ހަނގުރާމައިގައި އެމެރިކާ އާއި އިސްރާއީލަށް ވަނީ ބިލިއަނުން ބޮޑެތި ގެއްލުންތައްވެފަ އެވެ



.webp&w=3840&q=75)


.gif&w=3840&q=75)