
ފްލައިޓް ތެރޭގައި ހަމަނުޖެހުން ހިންގި ދިވެއްސަކު ފުލުހުން ހައްޔަރުކޮށްފި

ރިޟްވާން މޫސާ - 19 މާރިޗު 2026 - 22:26
ބަޓިކް އެއާގެ ފްލައިޓަކުން ރާއްޖެ އައި މީހަކު ހަމަނުޖެހުން ހިންގައިގެން ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ބަޓިކް އެއާގެ ފްލައިޓަކުން ދަތުރުކުރި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި ހައްޔަރުކޮށްފައި ވަނީ ދިވެހި ފިރހެނެއް ކަމަށެވެ.
ފްލައިޓެއްގެ ތެރޭގައި ހަމަނުޖެހުން ހިންގައި އަޑުގަދަ ކޮށް ޒުވާބު ކުރުމަކީ ކުށެކެވެ.
މި ކަމަކީ އާންމު ގޮތެއްގައި ދިވެހިރާއްޖޭގައި ނުވަތަ ދިވެހިންގެ ތެރޭގައި ނުފެންނަ މަންޒަރެއްކަން ވެސް ފާހަގަ ކޮށްލެވެ އެވެ.
މި ކަމާއި ގުޅިގެން ކހައްޔަރުކުރި މީހަކީ ކޮން ރަށެއްގެ ކާކު ކަމެއް އަދި އެ މީހާ އަށް ކިޔަނީ ކޮން ނަމެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
މި މައްސަލައިގައި ކަން ހިނގި ގޮތް ބަލައި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
ވ.ފެލިދޫ ކައިރިން ލޯންޗެއް ބަންޑުން ޖަހާލައި ދެމީހަކު ހޯދަނީ
4 ގަޑިއިރު ކުރިން

އިސްރާއީލުގެ އެންމެ ބޮޑު ތެޔޮ ރިފައިނަރީއަކަށް އީރާނުގެ މިސައިލް ޙަމަލާއެއް
6 ގަޑިއިރު ކުރިން

2 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހަކު އައްޑޫ އިން ހައްޔަރުކޮށްފި
7 ގަޑިއިރު ކުރިން

އަތޮޅު ފެރީތައް ވިލިމާލެއާއި ހުޅުމާލެ ޓާމިނަލަށް
7 ގަޑިއިރު ކުރިން


.gif&w=3840&q=75)