logo

ރޯދަމަހު އުމްރާއަށްދާ ފަރާތްތަކަށް ޑޮލަރު ވިއްކާ މުއްދަތު އިތުރުކޮށްފި

profile

ރިޟްވާން މޫސާ - 01 މާރިޗު 2026 - 09:08

އުމްރާ ގްރޫޕްތައް މެދުވެރިކޮށް ރަމަޟާން މަހު ދަތުރުކުރާ އުމްރާވެރިންނަށް ފަސޭހަކަމާއެކު ޑޮލަރު ގަތުމަށް ހަމަޖެއްސި އިންތިޒާމްގެ މުއްދަތު އަންނަ އަންގާރައިގެ ނިޔަލަށް އިތުރުކޮށްފިއެވެ.

https://wamco.com.mv/

އުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ޚިދުމަތް ދޭނީ އަމީނީ މަގުގައި ހުންނަ ބީއެމްއެލް ކަސްޓަމާ ސާވިސް ސެންޓަރުގެ ގްރައުންޑް ފްލޯއިންނެވެ. ޚިދުމަތް ދޭނީ ކަސްޓަމާ ސާވިސް ސެންޓަރުން ނަމްބަރު ދޫކޮށްގެން ނަމްބަރު ތަރުތީބުންނެވެ.

އުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ހިދުމަތް ބީއެމްއެލް ކަސްޓަމާ ސާވިސް ސެންޓަރުން، ބޭންކު ހުޅުވާ ދުވަސްތަކުގައި ހެނދުނު 9:30 އިން މެންދުރު 12:30 އާ ހަމައަށެވެ.

އުމްރާގެ އަޅުކަމަށް ދާ ކޮންމެ މީހަކަށް ވެސް ވިއްކަން ހަމަޖެހިފައިވަނީ 500 ޑޮލަރު ކަމަށް ބުންޏެވެ. ބީއެމްއެލް އިން ޑޮލަރު ގަތުމަށް ފައިސާ ދައްކަން ޖެހޭނީ ޑެބިޓް ކާޑުންނެވެ.

ބީއެމްއެލްއަށް ޑޮލަރު ގަންނަން ދާއިރު ކޮންމެ މީހެއްގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓްގެ އަސްލު ހުށައަޅަން ޖެހެއެވެ. އުމްރާއަށް ދާ މީހެއްގެ ބަދަލުގައި އެހެން މީހަކު ޑޮލަރު ގަންނަންދާ ނަމަ އެ މީހެއްގެ އައިޑީ ކާޑުގެ އަސްލު ހުށަހަޅަން ޖެހޭނެއެވެ.

އުމްރާއަށް ދާ މީހުންނަށް ޑޮލަރު ވިއްކާ ދުވަސްތަކުގައި، ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗް، މެއިން ބްރާންޗް، ހުޅުމާލެ ބްރާންޗް އަދި ވިލިމާލެ ބްރާންޗުން އުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ޚިދުމަތް މެދުކަނޑައިލާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk