logo

އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އަވަހާރަކޮށްލައިފި

profile

ރިޟްވާން މޫސާ - 01 މާރިޗު 2026 - 12:43

އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އަވަހާރަކޮށްލައިފި އެވެ.

https://wamco.com.mv/

ހާމަނާއީ އަވަހާރަކޮށްލާފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. ހާމަނާއީ އަވަހާރަކޮށްލާފައިވާ ކަންވެސް އީރާނުގެ ދައުލަތުގެ މީޑިޔާ މެދުވެރިކޮށް ވަނީ ހާމަކޮށްފަ އެވެ.

ޚާމަނާއީ އަވަހާރަކޮށްލާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އޭނާގެ އޮފީހުގައި "ހަވާލުކޮށްފައިވާ ވާޖިބުތައް އަދާކުރައްވަމުން" ދަނިކޮށް ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.

ޚާމަނާއީ އަވާހާރަވުމާ ގުޅިގެން އީރާނުގެ ސަރުކާރުން ވަނީ ހިތާމައިގެ 40 ދުވަހުގެ މުއްދަތެއް އިއުލާންކޮށްފައެވެ. އަދި ކުރިއަށް އޮތް ހަތް ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ވަނީ ކަނޑައަޅާފައެވެ.

ޚާމަނާއީގެ ދަރިކަނބަލުންނާއި އެ ދަރިކަނބަލުންގެ ފިރިކަލުން އަދި ކާފަ ދަރިކަލެއް ހަމަލާތަކުގައި ވަނީ އަވަހާރަވެފައެވެ.

ޚާމަނާއީ އީރާނުގެ ވެރިކަމާ ހަވާލުވެވަޑައިގަތީ މީގެ 37 އަހަރު ކުރިން އިސްލާމީ އިންގިލާބުގައި އިސްކޮށް އުޅުއްވި ކަރިޒަމާޓިކް ލީޑަރު އާޔަތުالله ރުހުالله ޚުމޭނީ އަވަހާރަވުމާ ގުޅިގެން 1989 ވަނަ އަހަރުއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk