logo

ދިވެހިރާޢްޖެއިން އުމުރާ އަށްދާ ފަރާތްތަކުން ސަމާލުވުމަށް އެދިފި

profile

ރިޟްވާން މޫސާ - 01 މާރިޗު 2026 - 12:42

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ އާއި ގުޅިގެން ދިވެހިރާއްޖެއިން އުމުރާ އަށްދާ ފަރާތްތަކުން ސަމާލުވެތިބުމަށް އިސްލާމިކް މިނިސްޓްރީން އެދިފި އެވެ

https://wamco.com.mv/

މި ދުވަސްވަރަކީ ގިނަ އަދަދެއްގެ ބަޔަކު އުމުރާ އަށް ގޮސް އުޅޭ ދުވަސްވަރެކެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އުމުރާ އަށް މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމަ އާއި ގުޅިގެން ދިވެހިރާޢްޖެއިން އުމުރާ އަށްދާ ފަރާތްތަކުން އަދި އުމުރާގެ އަޅުކަން އަދާކުރުމަށް މައްކާ އަށް ދާ ފަރާތްތަކުން ދަތުރުފަތުރުގައި އިތުރަށް ސަމާލުވެތިއްބެވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ ހާއްސަ ކަމެއް މެދުވެއްޖެ ހާލަތެއްގައި ސައުދިއަރަބިއްޔާގެ ރިޔާލުގައި ހުންނަ ދިވެހި ރާއްޖޭގެ ހޮޓްލައިން ނަމްބަރ 966506894477+ އާއި ސައުދި އަރަބިއްޔާގެ ޖިއްދާގައި ގާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ ކޮންސިއުލޭޓުގެ ހޮޓްލައިން ނަމްބަރ 966530838329+ އަށް ގުޅުއްވައިގެން އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގަންނަވާ ކަމުގަ އެވެ.

މިނިސްތްރީގެ ބަޔާނުގައި ވަނީ އުމުރާވެރިންނަށް ހާއްސަކޮށްގެން މިނިސްޓްރީގައި އިތުރު ނަމްބަރެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރިއަށްގެންދިއުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން މައްކާގައި މިވަގުތު ތިބި ދިވެހިންގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށްވެސް ބުނެފައިވެ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk