ގިނަ އިންތިޙާބުތަކެއް ބޭއްވުމަކީ ބޮޑު ހޭދައެއް! މީގެން ރައްޔިތުންނަށް ހެދޭނީ ގޯސް: ޝިޔާމް

ރިޟްވާން މޫސާ - 01 މާރިޗު 2026 - 12:44
ގިނަ އިންތިޙާބުތަކެއް ބޭއްވުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށާއި، މީގެން ރައްޔިތުންނަށް ހެދޭނީ ބޮޑެތި ގޯސް ތަކެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަދި ވެރިކަންކުރާ ޕީއެންސީގެ ނައިބު ރައީސް އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
މައި ދެ އިންތިޙާބު ކަމަށްވާ ރިޔާސީ އިންތިޙާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ ނިންމާފަ އެވެ.
ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ގަ އެވެ. އެދުވަހު އިލެކްޝަން ކޮމިޝަނުން ބާއްވަން ކަނޑައަޅާފައި ވަނީ ލޯކަލް ކައުންސިލް އިންޙާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޙާބުގެ އިތުން ރިޔާސީ އިންތިޙާބާއި، ރައްޔިތުންގެ މަޖިލިސް އިންތިޙާބު އެއް ދުވަހެއްގައި ބޭއްވުމަށްޓަކައި ނަގަން ހަމަޖެހިފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެވެ.
ޝިޔާމް ވިދާޅުވީ، އިންތިޚާބުތައް ގިނަވުމުގެ ސަބަބުން ރައްޔިތުން ހަގީގަތުގައި ކުރާ ޚަރަދު ބޮޑު ކަމަށެވެ.
ޝިޔާމް ވިދާޅުވީ، އެވަރެޖްކޮށް ކެންޑިޑޭޓެއްގެ މައްޗަށް ދޮޅު މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާ ކަަމަށާއި، 2009ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 455 ކެންޑިޑޭޓުން ވާދަކުރިއިރު، އެ އިންތިޚާބަށް ބެލި ކަމުގައިވިޔަސް ގާތްގަނޑަކަށް 782 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާ ކަމަށެވެ.
ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، އެ ރުފިޔާއިން ނިކަމެތި އެތައް އާއިލާއެއްގެ ކަންތައް ސަރުކާރަށް ނިންމައިދެވޭނެކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.
ގުޅުން ހުރި ޙަބަރުތައް
އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އަވަހާރަކޮށްލައިފި
2 ގަޑިއިރު ކުރިން

ދިވެހިރާޢްޖެއިން އުމުރާ އަށްދާ ފަރާތްތަކުން ސަމާލުވުމަށް އެދިފި
2 ގަޑިއިރު ކުރިން

މެދުއިރުމަތީގައި ކިޔަވާ ދަރިވަރުންގެ ހާލަތު ދަނީ ގާތުން ބަލަމުން: މިނިސްޓްރީ
6 ގަޑިއިރު ކުރިން

ރޯދަމަހު އުމްރާއަށްދާ ފަރާތްތަކަށް ޑޮލަރު ވިއްކާ މުއްދަތު އިތުރުކޮށްފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)