
މާލޭ ހިޔާގެ ފަސް ވަނަ ބުރިން އުމުރުން ދުވަސްވީ މީހަކު ވެއްޓިއްޖެ

ރިޟްވާން މޫސާ - 05 ފެބްރުއަރީ 2026 - 04:29
ގަލޮޅުގައި ހުންނަ މާލޭ ހިޔާ އެކެއްގެ ފަސް ވަނަ ބުރިން އުމުރުން ދުވަސްވީ މީހަކު ވެއްޓިގެން ފަރުވާ ދޭން ފަށައިފިއެވެ.
"އަސްލު" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލް މިއަދު ވިދާޅުވީ މާލޭ ހިޔާއިން މީހަކު ވެއްޓިފައިވާކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 6:50 ކަންހާއިރު ކަމަށެވެ.
އެ ފްލެޓްގެ ފަސް ވަނަ ބުރިން ވެއްޓިފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއްވަ އެވެ.
މި ވަގުތު އެމީހާ އަށް އިޖީއެމްއެޗް ގައި ފަރުވާ ދެމުން އަންނަ އިރު އެމީހާގެ ހާލަތަކާއި ބެހޭގޮތުން އައިޖީއެމްއެޗުގެ ބަހެއް އަދި ނުލިބެ އެވެ.
އެމީހާ ވެއްޓެން މެދުވެރިވި ސަބަބާ އެކު މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.






