
'ޕެޓްސް' މުބާރާތުން ރަން މެޑަލް ހޯދި ސިފައިންނަށް ހޫނު މަރުޙަބާއެއް

ޝަހްޒާ މުޙައްމަދު - 14 ފެބްރުއަރީ 2026 - 12:54
ޕާކިސްތާނުގައި ބޭއްވި "އިންޓަރނޭޝަނަލް ޕާކިސްތާން އާމީ ޓީމް ސްޕިރިޓް (ޕެޓްސް) ކޮމްޕެޓިޝަން 2026" ގައި ބައިވެރިވެ ރަން މެޑެލް ޙާސިލުކުރި އެމްއެންޑީއެފްގެ ޓީމަށް ޤައުމީ ދިފާޢީ ބާރުން ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.
ޕާކިސްތާނުގައި ބޭއްވި 9 ވަނަ "އިންޓަރނޭޝަނަލް ޕާކިސްތާން އާމީ ޓީމް ސްޕިރިޓް (ޕެޓްސް) ކޮމްޕެޓިޝަން 2026"ގައި ބައިވެރިވި ދިވެހި އަސްކަރިއްޔާގެ ޓީމުވަނީ، 16 ޤައުމެއްގެ 24 ޓީމަކާއި ވާދަކޮށް، މުބާރާތުން ރަން މެޑަލް ޙާސިލްކޮށްފައެވެ. އެޓީމުން ހޯދި ޝަރަފުވެރި ކާމިޔާބީ ފާހަގަކޮށް، ޓީމު ހޮނިހިރު ދުވަހުގެ ހެނދުނު ރާއްޖެ އައުމުން ޤައުމީ ދިފާޢީ ބާރުންވަނީ ޓީމަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
އެ ޓީމު އެނބުރި ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ ޓީމަށް މަރުހަބާ ދެންނެވީ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި ސްޕެޝަލް ފޯސަސްގެ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ރަޝީދެވެ. އަދި ޓީމް ހެޑް ކުއޯޓަރޒަށް ދިޔުމުން ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން ޖެނެރަލް އޮފިސަރުންނާއި، ގިނަ އަދަދެއްގެ ސިފައިން ޓީމް ހޯދި ފަޚުރުވެރި ކާމިޔާބީއަށް ހޫނު މަރުހަބާއެއް ދަންނަވާފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
16 ޤައުމަކުން 24 ޓީމު ބައިވެރިވި މި މުބާރާތަކީ އަހަރަކު އެއްފަހަރު ބާއްވާ، ޓީމުތަކުގެ އަސްކަރީ ހުނަރުގެ މޮޅުކަމާއި، އަސްކަރީ އަޚްލާޤާއި، ބައިވެރިންގެ ހިތްވަރާއި ޢަޒުމް، ބުންވަރާއި މެންޓަލް ފިޓްނަސް އަދި ޓީމުގެ ބަދަހި ގުޅުން ތަފާތު އެތަކެއް އުނދަގޫ ޙާލަތުގައި ޓެސްޓު ކުރާ މުބާރާތެކެވެ.
ފެބުރުވަރީ 5 އިން 7 އަށް ޕާކިސްތާންގެ ނޭޝަނަަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރ، ޕަބި، ގައި ކުރިއަށްދިޔަ މި މުބާރާތުގައި އެމްއެންޑީއެފުން ބައިވެރިވި ޓީމްގައި ހިމެނެނީ ސްޕެޝަލް ފޯސަސްގެ 15 ސިފައިންނެވެ.
ޕާކިސްތާން އަސްކަރިއްޔާއިން ކުރިއަށްގެންދާ ޕެޓްސް ކޮމްޕެޓިޝަން އަކީ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ހިންގޭ އެންމެ މަތީ ފަންތީގެ މުބާރާތެކެވެ.
މިގޮތުން މި މުބާރާތުގައި އަސްކަރީ ގޮތުން ބޭނުންކުރާ އުކުޅުތަކާއި އެކިއެކި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ބޭރުގެ ގިނަ އަސްކަރިއްޔާތަކަކާ ވާދަކޮށް، ދިވެހި އަސްކަރިއްޔާއިން މި ފަޚުރުވެރި ކާމިޔާބީ ހާސިލުކޮށްފައި މި ވަނީ ދިވެހިރާއްޖެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި އަސްކަރިއްޔާގެ ޤާބިލުކަމާއި ދިވެހި ސިފައިންގެ ހުނަރުވެރިކަން މަތިކޮށް، ތަރައްޤީކުރުމަށް ދެއްވާ ޚާއްޞަ ސަމާލުކަމާއި، ދެއްވާ ލަފާފުޅާއި އިރުޝާދުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އުމޭރުގެ ކާމިޔާބީ ސިޔާސީ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ވަޙީދު
6 ގަޑިއިރު ކުރިން

އުމޭރު އެވޯޑަށް ނޮމިނޭޓްވުމުން ފަތުރަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް: އިގްބާލް
6 ގަޑިއިރު ކުރިން

އުމައިރު ނޮމިނޭޓްވީ ރައީސްގެ ދަރިކަލަކަށް ވީތީއެއް ނޫން، އެއީ ހައްގު މަގާމެއް: މަހުލޫފް
6 ގަޑިއިރު ކުރިން

އުމައިރު ނޮމިނޭޓްވީ ހުނަރުން، އެކަމަށް ފާޑުކިޔުމަކީ ނޫސްވެރިކަމުގެ މިނިވަންކަމެއް ނޫން: އަލީ އާރިފް
6 ގަޑިއިރު ކުރިން


.gif&w=3840&q=75)