logo

އުމުރާއަށް ގެންދާނެ ކަމަށްބުނެ ފައިސާ ނެގި މައްސަލަ ފުލުހުން ބަލަން ފަށައިފި

profile

ރިޟްވާން މޫސާ - 09 މާރިޗު 2026 - 16:54

މިއަހަރުގެ ރަމަޟާން މަހުގައި އުމުރާ އަށް ގެންދާނެ ކަމަށް ބުނެ ގިނަ ބަޔަކު އަތުން ފައިސާ ނެގި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

https://wamco.com.mv/

ފުލުހުން ތހުގީގު ކުރަމުން ގެންދަނީ ބަޔަކު އަތުން ފައިސާ ނަގާފައިވާ އަބުރާރު ގުރޫޕުގެ މައްސަލައެކެވެ.

ފުލުހުން ބުނީ، މި ރޯދަ މަހު އުމްރާއަށް މީހުން ގެންދިއުމަށް ގްރޫޕަކުން ފައިސާ ނެގުމަށް ފަހު، ދަތުރު ކެންސަލްކޮށްފައިވާ ކަމުގެ ޝަކުވާ މިމަހުގެ 4 ވަނަ ދުވަހު އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި، އަބްރާރު ގްރޫޕުން އެންމެ ފަހު ވަގުތު އުމްރާ ދަތުރު ކެންސަލްކުރި މައްސަލައިގެ ޝަކުވާ ލިބުމުން އެ މައްސަލަ މިނިސްޓްރީން އަންނަނީ ބަލަމުންނެވެ.

އެގޮތުން ބެލި ބެލުމުން، އަލްއަބްރާރް ގުރޫޕުގެ ހަވާލުގައި އުމްރާ އަށް ފުރުމަށް ހަމަޖެއްސި 110 މީހުންގެ ދަތުރު މަގުބޫލު ސަބަބެއް ނެތި ކެންސަލްކޮށްފައިވާކަން އެނގިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަބްރާރު ގުރޫޕުން ދަތުރު ކެންސަލް ކުރި ސަބަބެއް ކަމަށް ބުނެފައިވަނީ މެދުއިރުމަތީގެ ހަނގުރާމައިގެ ހާލަތެވެ. ނަމަވެސް، އުމްރާ އަށް ފުރަން ތައްޔާރުވި މީހުން ތުހުމަތުކުރާ ގޮތުގައި އެ ކުންފުނިން އުމްރާ އަށް ގެންދިއުމުގެ ހުއްދަ އާއި ވިސާ އަދި ހޮޓަލަށް ވެސް ފައިސާ ދައްކާފައެއް ނުވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk