logo

ހުރާގެ ކަރަންޓާއި ފެނުގެ ހިދުމަތް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފި

profile

ރިޟްވާން މޫސާ - 09 މާރިޗު 2026 - 16:53

ކ. ހުރާގެ ކަރަންޓާއި، ފެނާއި ނަރުދަމާގެ ހިދުމަތް ދިނުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ބެލުމުގެ ދަށަށް މިއަދު ރަސްމީކޮށް ބަދަލުކޮށްފިއެވެ.

https://wamco.com.mv/

މިއަދު ސްޓެލްކޯގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، އެކަމާ ގުޅޭ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޑރ. އަލީ އަޒްވަރެވެ. ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މެޖާ (ރިޓަޔާޑް) މުޙައްމަދު ނަޖާހެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. އަލީ އަޒްވަރު ވިދާޅުވީ، މާލެ ސަރަހައްދާއި އއ. އަތޮޅު އަދި ވ. އަތޮޅުގެ ރަށްތަކަށް ސްޓެލްކޯއިން ހިދުމަތް ދެމުން އަންނައިރު، ފާއިތުވި މަދު އަހަރުތަކުގައި އެ ކުންފުނީގެ ދަށުގައި ނުހިމެނި އޮތް ހަމައެކަނި ރަށަކީ ހުރާ ކަމަށެވެ

އަޒްވަރު ވިދާޅުވީ، ސްޓެލްކޯއިން މި ޚިދުމަތްތަކާ ހަވާލުވުމަށްފަހު، އެހެން ރަށްރަށުގައި ވެސް ޚިދުމަތްދޭ ފެންވަރުގެ މިންގަނޑުތަކާ އެއްގޮތަށް ހުރާގެ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ކުރިއަށް ގެންދާނަނެކަމަށާއި، މުހިންމު ތަރައްގީގެ މަސައްކަތްތަކެއް ރޭވުމުގެ ކަންކަން މިހާރު ވެސް ކުރިއަށްދާކަމަށެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހް ވިދާޅުވީ، މި ބަދަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދުރު ވިސްނުންފުޅާ އެކު، ކ. އަތޮޅަކީ މުޅިން ވެސް ސްޓެލްކޯގެ ބެލުމުގެ ދަށުން ހިދުމަތް ދޭ ސަރަހައްދެއްގެ ގޮތުގައި ބޭއްވުމަށް ނިންމެވި ނިންމެވުމެއް ކަމަށެވެ

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk