
ކޮމަންވެލްތަކީ ޖަޒީރާ ޤައުމުތަކުގެ އަޑު އުފުލުމުގެ މަންސައެއް

ރިޟްވާން މޫސާ - 09 މާރިޗު 2026 - 15:37
ކޮމަންވެލްތަކީ ކުދި ޖަޒީރާ ޤައުމުތަކުގެ އަޑު އުފުލައި އެއަށް ޢަމަލީ ސިފަ ގެނެސްދޭ މަންސައެއް ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ކޮންމެ އަހަރެއްގެވެސް ކޮމަންވެލްތު ދުވަސް ފާހަގަކުރަނީ، މާރިޗު މަހުގެ 9 ވަނަ ދުވަހުއެވެ. މިއަހަރުގެ ކޮމަންވެލްތު ދުވަހުގެ ޝިޢާރަކީ "ފާގަތި ކޮމަންވެލްތަކަށް އެންމެން ގުޅިގެން ފުރުސަތުތައް ފަހިކުރުން" އެވެ.
ދުވަހާއި ގުޅިގެން ނެރުއްވި ބަޔާނުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ މި ޝިއާރަކީ ކޮމަންވެލްތުގެ އާއިލާގެ މެދުގައިވާ އެއްގޮތް އުސޫލުތަކާއި މަޤްޞަދުތަކާ ގުޅިލާމެހިފައިވާ ޝިއާރެއް ކަމަށެވެ.
ވަޒީރު ޑރ. ޚަލީލް ވަނީ ކޮމަންވެލްތު ދުވަސް ފާހަގަކުރާއިރު ހާސިލުކުރެވިފައިވާ ކަންކަމާ މެދު ފަހުރުވެރިވުމުގެ އިތުރުން، މިއަދުގެ ގޮންޖެހުންތަކަށް ހައްލު ހޯދައިދޭ ފަދަ ހަރަކާތްތެރި މަންސައެއްގެ ގޮތުގައި ކޮމަންވެލްތު ބޭއްވުމަށް އަޅުގަނޑުމެން ވެފައިވާ އިގުރާރު އާކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.
އަދި ހުރިހާ މެންބަރު ގައުމުތަކަށް ފާގަތި އަދި އުންމީދީ މުސްތަގުބަލެއް ބިނާކުރުމަށް ކުރެވޭ މަސައްކަތުގައި، ކޮމަންވެލްތުގައި ހަރަކާތްތެރި ދައުރެއް އަދާކުރުމަށް ރާއްޖެއިން ވެފައިވާ އިގުރާރު މިއަދުވެސް އާކުރާ ކަމަށް ވިދާޅުވިއެވެ.
ކޮމަންވެލްތަކީ 56 މެންބަރު ޤައުމުގެ މައްޗަށް އެކުލެވިގެންވާ ޖަމާޢަތެކެވެ. އެ ޖަމާޢަތުން ވަކިވުމަށްފަހު ދިވެހިރާއްޖެ އަލުން އެ ޖަމާޢަތާއި ގުޅުނީ 2020 ވަނަ އަހަރު ފެބުރުވަރީ މަހުގެ އެއްވަނަ ދުވަހުއެވެ. އަލުން އެޖަމާޢަތާއި ގުޅުމާއެކު ދިވެހިރާއްޖެއަކީ މިހާރު އެ ޖަމާޢަތުގެ 54 ވަނަ މެންބަރު ޤައުމެވެ.
ގުޅުން ހުރި ޙަބަރުތައް

އުމުރާއަށް ގެންދާނެ ކަމަށްބުނެ ފައިސާ ނެގި މައްސަލަ ފުލުހުން ބަލަން ފަށައިފި
2 ގަޑިއިރު ކުރިން

ހުރާގެ ކަރަންޓާއި ފެނުގެ ހިދުމަތް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފި
2 ގަޑިއިރު ކުރިން

މައުލޫމާތުތައް ނުލިބުމަކީ ކަންބޮޑުވާންޖެހޭ ކަމެއް: އެޗްއާރުސީއެމް
4 ގަޑިއިރު ކުރިން

76 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް މިއަހަރު ޤާއިމްކުރަނީ
4 ގަޑިއިރު ކުރިން


.gif&w=3840&q=75)