logo

މައުލޫމާތުތައް ނުލިބުމަކީ ކަންބޮޑުވާންޖެހޭ ކަމެއް: އެޗްއާރުސީއެމް

profile

ރިޟްވާން މޫސާ - 09 މާރިޗު 2026 - 15:26

ދައުލަތުގެ އިދާރާތަކާއި އެހެނިހެން މުއައްސަސާތަކުންވެސް މައްސަލަ އާއި ގުޅުން ހުރި މައުލޫމާތުތައް ނުލިބި ލަސްވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އެޗްއާރުސީއެމް އިން ބުނެފި އެވެ

https://wamco.com.mv/

އެޗްއާރުސީއެމްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯރޓް ތައްޔާރު ކުރެއްވި އިރު އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ މައުލޫމާތު ލިބެންޖެހޭ ނުވަތަ މައުލޫމާތު ހޯދަންޖެހޭ ފަރާތްތަކުން މައުލޫމާތު ލިބުމުގައި ދަތިތަކެއް ހުރިކަމުގެ ވާހަކަ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނާއި 2013 ވަނަ އަހަރުގެ އެންޓި ޓޯޗާ ގާނޫނުގެ ދަށުން މައްސަލަތައް ތަހުގީގު ކުރުމުގައި ކޮމިޝަނަށް ތަފާތު ގޮންޖެހުންތައް ހުރިކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެޗްއާރްސީއެމްގެ ރިޕޯޓުގައިވާ ގޮތުން، ދައުލަތުގެ މުއައްސަސާތަކުން އެކަށީގެންވާ އަވަސްމިނެއްގައި މައުލޫމާތު ނުލިބުމާއި، މައްސަލަތަކާ ގުޅުންހުރި ލިޔެކިޔުންތައް ލިބުން ލަސްވުމުގެ ސަބަބުން މައްސަލަތައް ނުނިމި ދިގުލައިގެންދާކަން ވަނީ ފާހަގަކުރެވިފައެވެ.

ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި ފާހަގަވާ ނިޒާމީ މައްސަލަތަކާއި އެހެނިހެން ކަންބޮޑުވުންތައް ކަމާގުޅުންހުރި އިދާރާތަކުގެ ސަމާލުކަމަށް ގެނައި ނަމަވެސް، އެކަންކަން އިސްލާހުކުރުމަށް ދޭ މުއްދަތުގައި ފުރިހަމަވެފައި ނުވާކަން އެޗްއާރްސީއެމްއިން ފާހަގަކުރެއެވެ. މީގެ ސަބަބުން އެފަދަ މައްސަލަތައް ތަކުރާރުވަމުންދާ ކަމަށް ވެސް ރިޕޯޓުގައިވެއެވެ.

ރާއްޖޭގައި ހުރި މިނިވަން މުއައްސަސާތަކުގެ ތެރެއިން އެޗްއާރްސީއެމްއަކީ ރާއްޖޭގައި އިންސާނީ ހައްގުތަކުގެ ހާލަތު ބަލައި، ކަށަވަރުކުރާ އިދާރާއެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk