logo

76 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް މިއަހަރު ޤާއިމްކުރަނީ

profile

ރިޟްވާން މޫސާ - 09 މާރިޗު 2026 - 15:21

މިއަހަރު ތެރޭ 76 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރުމަށް މަސައްކަތްކުރަމުންދާކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މިނިސްޓަރ ނާޡިމް އިބްރާހީމް ވަނީ، މާލޭގެ އިތުރުން އަތޮޅުތަކުގެ ރަށްރަށުގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.

ސިއްޙީ ވުޒާރާ އަށް އޮތް އެންމެ ބޮޑު ކަންބޮޑު ވުމެއްގައި މިނިސްޓަރ ފާހަގަކޮށްފައި ވަނީ އަތޮޅު ތެރޭގެ ރަށްތަކުގައި ލެބޯޓަރީގެ ޙިދުމަތް ރަގަޅު ފެންވަރެއްގައި ނުލިބުމުގެ މައްސަލަ ތަކެވެ.

މިނިސްޓަރ ވިދާޅުވީ އެ ދަތިތަކަށް ހައްލު ގެނައުމަށް ލެބޯޓަރީގެ ޚިދުމަތް ނެތް ރަށްރަށުގައި އެ ޚިދުމަތް ދޭން ފެށުމަށް ސަރުކާރުން ވަނީ މުހިންމު މަޝްރޫޢެއް ފައްޓަވާފައިވާ ކަމަށެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ލެބޯޓަރީގެ ޚިދުމަތް ލިބެން ނެތް ރަށްރަށުގައި އެ ޚިދުމަތް ޤާއިމްކުރެއްވުމަށް ޚާއްސަ ސިޔާސަތެއް ކަނޑައަޅާ އެ މަސައްކަތް މިހާރު ބާރު ދުވެލީގައި ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، އެ ވުޒާރާއިން މަސައްކަތްކުރައްވަނީ، މިއަހަރުތެރޭ ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރެވިފައި ނެތް 76 ރަށުގައި އެ ޚިދުމަތް ޤާއިމްކުރުމަށްކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން މިހާތަނަށް 11 ރަށެއްގައި މި ޚިދުމަތް ޤާއިމްކުރެވިފަވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk