
ގާނޫނާއި ހިލާފަށް ހަރަދު ކުރާ ކަމަށް ބުނެ ހުށައެޅީ ބޭގަރާރެއް: އައިބީ

ރިޟްވާން މޫސާ - 15 އޭޕްރީލު 2026 - 07:42
ގާނޫނާއި ޙިލާފަށް ޙަރަދުތަކެއް ކުރާ ކަމަށް ވިދާޅުވެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށައަޅާފައިވަނީ ގަރާރެއް ނޫން ކަމަށާއި، އެއީ ބޭގަރާރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އައިބީ ވިދާޅުވެއްޖެ އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ހުށައަޅުއްވާފައިވާ ގަރާރަކީ ގާނޫނު އަސާސީ އާއި ކަމާއި ގުޅޭ ގާނޫނުތަކާއި އަދި 2026 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓާއި ޙިލާފަށް ސަރުކާރުން ދެކެވަޑައިގަންނަވާ ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގެ ގަރާރެވެ.
އައިބީ ވިދާޅުވީ މި ގަރާރުގައިވާ ފަދައިން ގާނޫނު އަސާސީ އާއި ޙިލާފު އެއްވެސް އަމަލެއް އަދި ގާނޫނު އަސާސީ އާ ޙިލާފަށް އެއްވެސް ހަރަދުތަކެއް ހިނގާފައި ނުވާ ކަމަށެވެ، އެހެން ކަމުން މުހައްމަދު އިބްރާމް ހުށައެޅުއްވީ ބޭގަރާރެއް ކަމަށެވެ.
މުހައްމަދު އިބްރާހިމަށް މަޖިލިސް ތަޅުމުގައި ފާޑުވިދާޅުވެލައްވަމުން އައިބީ ވިދާޅުވީ 2026 ވަނަ އަހަރުގެ ބަޖެޓު ފާސްކުރެއްވިކަން ވެސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނު ވޯޓުގައި ބައިވެރިވެގެން ވޯޓުވެސް ދެއްވާފައި ނުވާ ކަމަށެވެ.
އައިބީ ވިދާޅުވީ 2026 ވަނަ އަހަރުގެ ބަޖެޓު ފާސްކުރެއްވި އިރު އެމަނިކުފާނު ހުންނެވި ކަމަށާއި، އެ ބަޖެޓަށް ވޯޓުވެސް ދެއްވި ކަމަށާއި، ބަޖެޓުގައި އޮތް ގޮތައް ތަރައްގީގެ ކަންކަން އެމަނިކުފާނުގެ ދާއިރާގައި މިހާރުވެސް ކުރިއަށް ދާ ކަމަށެވެ.






.gif&w=3840&q=75)