logo

ގިރާވަރު ފަޅުން 98 ހެކްޓަރު ބިން ހިއްކައިފިން: މުއްތަލިބް

profile

ރިޟްވާން މޫސާ - 15 އޭޕްރީލު 2026 - 05:41

ގިރާވަރު ފަޅުގެ ބިން ހިއްކުމުގެ ބިޔަ ޕްރޮޖެކްޓުގެ ތެރެއިން މިހާތަނަށް 98 ހެކްޓަރުގެ ބިން ހިއްކައި ނިންމާފައިވާ ކަމަށް ހައުސިން އެންޑް އިންފްރާސްޓަކްޗަރ ޑރ އަބުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވެވި ސުވާލުތަކަށް ޖަވާބުދެއްވަމުން މުއްތަލިބް ވިދާޅުވީ ނިމިދިޔަ ސަރުކާރުން ގިރާވަރު ފަޅުގައި 54 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށާއި، އެހެން ނަމަވެސް މުޅި މަޝްރޫއު އެއްކޮށް ނުނިމި މަސައްކަތް ހުއްޓުމުން މި ސަރުކާރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދެވީ ކަމަށެވެ.

ގިރާވަރު ފަޅު ހިއްކަން އެމްއޭސީއެލްއާ ހަވާލުކޮށްފައިވަނީ 31 ޖެނުއަރީ 2026 ގަ އެވެ.

ގިރާވަރު ފަޅުގައި އެމްއޭސީއެލް އިން ހިއްކަން ހަމަޖެހިފައިވަނީ ޖުމްލަ 97 ހެކްޓަރުގެ ބިމެވެ. އޭގެ ތެރެއިން އެމްއޭސިއެލް އިން 44 ހެކްޓަރުގެ ބިން ހިއްކާފައިވެ އެވެ.

އެހެންކަމުން ޖުމްލަ ކުރީ ސަރުކާރުން ހިއްކާފައިވާ ބަޔާއެކު ޖުމްލަ 98 ހެކްތަރުގެ ބިން ހިއްކައި ނިންމާފައިވާ ކަމަށް މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފަ އެވެ.

މިނިސްޓަރު ވިދާޅުވީ މި ޕްރޮޖެކްޓުގެ ބާކީ މަސައްކަތް ކުރިއަށް އޮތް މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލެވޭ ވަރު ވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެމްއޭސީއެލް އިން ބިންހިއްކުމުގެ މި ޕްރޮޖެކްތާއި ބެހޭގޮތުން ވިދާޅުވެފައި ވަނީ މި ޕްރޮޖެކްޓަކީ ރާއްޖޭގައި މިހާތަނަށް އެންމެ ފުން ކޮށް ހިއްކާ ބިން ހިއްކުމުގެ ޕްރޮޖެކްޓު ކަމަށެވެ. އެގޮތުން 25 މީޓަރަށް ވުރެ ފުން ސަރަހައްދުތައް ގިރާވަރު ފަޅުން ހިއްކުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި، ގޮންޖެހުން ތަކާއެކުވެސް މި މަސައްކަތް ބާރު ސްޕީޑްގައި ނިންމާލެވޭނެ ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk