
ކުރިއެކޭ ވެސް އެއްގޮތައް ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ރިޟްވާން މޫސާ - 13 އޭޕްރީލު 2026 - 09:18
ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރެއްވުން 1 މާރިޗް 2026 ން ފެށިގެން ކަނޑައަޅުއްވާފައިވާ އުޞޫލުގެ މަތިން ގަވާއިދުން ކުރިޔަށްދާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފި އެވެ
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މީގެ ކުރިން ވެސް ރައީސުލް ޖުމްހޫރިއްޔާ ނޫސްވެރިންނާއި ކޮންމެ ހަފްތާއަކު ބައްދަލުކުރެއްވުން ބާއްވަން ހަމަޖެހިފައިވާ ދުވަހުގައި އެ ބައްދަލުކުރެއްވުން މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިއުމަށް ނިންމަފާއިވާ ކަމަށެވެ.
ރައީސް ކޮންމެ ހަފްތާއަކު ނޫސްވެރިންނާއި، ބައްދަލުކުރައްވަނީ ކޮންމެ ހަފްތާއެއްގެވެސް އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގަ އެވެ.
ރައީސް ޑރ. މުިއްޒު މިގޮތަށް ނިންމަވާފައި މިވަނީ އެމަނިކުފާނު އެންމެ ފަހުން ބޭއްވެވި ރިޔާސީ ބަޔާނުގައި ގައުމާއި މުޙާތަބުކޮށް ރިޔާސީ ބަޔާން އިއްވަމުންނެވެ.
ރިޔާސީ ބަޔާނުގައއި އެމަނނިކުފާނު ވިދާޅުވެފައި ވަނީ "މީޑިއާއާ އަޅުގަނޑު ބާއްވަމުން އަންނަ ގާތް ރަހްމަތްތެރި ގުޅުން އިތުރަށް ގާތް ކުރުމަށްޓަކައި، މީޑިއާއަށް ސީދާ އަޅުގަނޑު މައުލޫމާތު ދިނުމުގެ ގޮތުން މި އަހަރުގެ މާޗް މަހުން ފެށިގެން، އާއްމު އުސޫލެއްގެ މަތިން، އިރާދަކުރެއްވިއްޔާ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ އަޅުގަނޑު ބައްދަލު ކުރާނަން. ދަތުރެއް ކުރަން ޖެހުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން، ނުވަތަ އެ ނޫންވެސް މި ޝެޑިޔުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު އިރާދަކުރެއްވިއްޔާ މިކަން މިގޮތުގައި ކުރުމުގައި ދެމި ހުންނާނެ ވާހަކަ ދަންނަވަން." މިފަދައިންނެވެ.
ގުޅުން ހުރި ޙަބަރުތައް

"ކަނޑުން ގޯތި ވެސް ލިބޭނީ ކަނޑު އޮވެގެން ނޫންތޯ"؟ މެމްބަރު އައިބީ
7 ގަޑިއިރު ކުރިން

އަނެއްކާވެސް އަލިފާނުގެ ހާދިސާ އެއް ހިނގައިފި
10 ގަޑިއިރު ކުރިން

އެވަރެޖްކޮށް ދުވާލެއްގެ މައްޗަށް 5000 ފަތުރުވެރިން ރާއްޖެއަށް!
11 ގަޑިއިރު ކުރިން
"ދެެވަނަ ބުރުގެ ވޯޓުލުން" ރީ-ރެޖިސްޓްރީ ކުރުން މިއަދު ހަވީރާއި ހަމައަށް!
11 ގަޑިއިރު ކުރިން


.gif&w=3840&q=75)