
"ކަނޑުން ގޯތި ވެސް ލިބޭނީ ކަނޑު އޮވެގެން ނޫންތޯ"؟ މެމްބަރު އައިބީ

ރިޟްވާން މޫސާ - 13 އޭޕްރީލު 2026 - 08:09
ރާއްޖޭގެ ކަނޑުގެ ބޮޑު ސަރަހައްދެއް ނިމިގެން ދިޔަ ސަރުކާރުން ދިވެހިންނަށް ގެއްލުވާލާފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އައިބީ ވަނީ އިދިކޮޅު އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އައިބީ ވިދާޅުވީ ސަރުކާރުން ކުރަމުން ގެންދާ ކަންކަން ރައްޔިތުން ބަލައި ނުގަތުމަށް އިދިކޮޅުން ވާހަކަ ދައްކަމުން ދަނީ އެއްވެސް އަސާސެއްް ނެތި ކަމަށެވެ.
މި ސަރުކާރުން ބޯހިޔާ ވަހި ކަމުގެ މަޝްރޫއުތަކަށް އެމްޑީޕީން ފާޑު ކިޔާފައިވާއިރު ނުސީދާ ގޮތެއްގައި އައިބީ ވިދާޅުވީ "ކަނޑުން ގޯތި ލިބޭނީ ކަނޑު އޮވެގެން" ކަމަށެވެ. އަދި ވިދާޅުވީ ކަނޑުގެ ސަރަހައްދު އެމްޑީޕީން ދޫކޮށްލާފައިވާ ކަމަށެވެ.
އައިބީ އެ އިޝާރާތް ކުރެއްވެވީ "ޗާގޯސް މައްސަލަ" އަށެވެ. ނިމިދިޔަ ސަރުކާރުން ވަނީ ޗާގޯސް އެއީ ދިވެހި ރާއްޖެއަށް ލިބޭ ތަނެއްގެ ގޮތުގައި ނެތް ކަމަށް ފާހަގަކޮށް މޮރިޝަސް އަށް ޗާގޯސް ދިނުމަށް ދިވެހި ސަރުކާރުން މައްސަލައެއް ނެތްކަމަށް ބުނެ ސަރކާރުގެ ރަސްމީ ސިޓީއެއް ފޮނުވާނފަ އެވެ.
ނަމަވެސް މި ސަރުކާރުނ ްވަނީ އަލުން އެކަން ރިވިއުކޮށް ޗާގޯސް ދިވެހިންނަށް ހޯދައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ކުރިއެކޭ ވެސް އެއްގޮތައް ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ
6 ގަޑިއިރު ކުރިން

އަނެއްކާވެސް އަލިފާނުގެ ހާދިސާ އެއް ހިނގައިފި
10 ގަޑިއިރު ކުރިން

އެވަރެޖްކޮށް ދުވާލެއްގެ މައްޗަށް 5000 ފަތުރުވެރިން ރާއްޖެއަށް!
11 ގަޑިއިރު ކުރިން
"ދެެވަނަ ބުރުގެ ވޯޓުލުން" ރީ-ރެޖިސްޓްރީ ކުރުން މިއަދު ހަވީރާއި ހަމައަށް!
11 ގަޑިއިރު ކުރިން


.gif&w=3840&q=75)