logo

އެވަރެޖްކޮށް ދުވާލެއްގެ މައްޗަށް 5000 ފަތުރުވެރިން ރާއްޖެއަށް!

profile

ރިޟްވާން މޫސާ - 13 އޭޕްރީލު 2026 - 04:31

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު، ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 5000އަށްވުރެ ގިނަ ފަތުރުވެރިން މިހާރު ރާއްޖެއަށް ޒިޔާރާތްކުރަމުންދާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މެދުއިރުމަތީގައި ހިނގަމުން ދާ ހަނގުރާމަިއގެ ސަބަބުން އެކަމުގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ކުރަމުން އަންނަ ކަން ފާހަގަކޮށްލެވެ އެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެ އަންނަން ބްކް ކޮށްފައިވާ ވަރަށް ގިނަ ފްލައިޓް ތައް ވަނީ ކެންސަލް ވެސް ވެފަ އެވެ.

އަދި ހަމަ މިއާއެކު ފަތުރުވެރިކަމަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަކޮށް ފަތުރުވެރިކަމުގެ ސިނާއަތް ހަރުދަނާ ކުރުމަށް ސަރުކާރުން ދަނީ ކެނޑިނޭޅި ގިނަ މަސައްކަތްތަކެއްވެސް ކުރަމުންނެވެ.

އެގޮތުން މެދުއިރުމައްޗަށް ބަރޯސާ ނުވެ އެހެން ސަރަހައްދުތަކުން ފްލައިޓްތައް ހޯދުމާޢި، ގިނަ އެއާލައިންތަކާއި މަޝްވަރާ ކުރެވި ރާއްޖެ އަށް އާދެވިދާނެ ލުއި ފަސޭހަ ގޮތްތަކާމެދު މައުލޫމާތުތައް ފޯރުކޮށްދެވި އެކިއެކި ކެމްޕެއިން ހަރަކާތްތައް ހިންގުން ފަދަ ކަންކަން ޓޫރިޒަމް މިނިސްޓްރީން ވަނީ ކުރައްވާފަ އެވެ.

އަހަރުގެ މިހާތަނަށް ފަތުރުވެރިން ގެނައުމަށް ސަރުކާރުން ކުރެއްވި މަސައްކަތުން މިހާތަނަށް 704,511 ފަތުރުވެރިން އަދި އޭޕްރިލް މަހުގެ ފުރަތަމަ 11 ދުވަހު 56,130 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަން ފަތުރުވެރިކަމާއި ބެހޭ ވަޒީރު ވަނީ ފާހަގަކުރައްވާފަ އެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ އަސަރު ކުޑަކުރުމަށް އެއަރލައިންތަކާއެކު "ޑޮލަރ ޓު ޑޮލަރ" މެޗްވާ ގޮތަށް މާކެޓިންގ ހަރަކާތްތައް ހިންގުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އަދި މިއީ ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށް އެއަރލައިންތައް މެދުވެރިކޮށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި، މި މަސައްކަތުގެ ދަށުން ވިޒިޓް މޯލްޑިވްސް މެދުވެރިކޮށް އެއަރލައިންތަކާއެކު ޚާއްޞަ އެއްބަސްވުންތަކެއް އެކުލަވާލެވެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk