
އަނެއްކާވެސް އަލިފާނުގެ ހާދިސާ އެއް ހިނގައިފި

ރިޟްވާން މޫސާ - 13 އޭޕްރީލު 2026 - 05:33
ކ.ހުރާ ގެއެއްގައި އަލިފާނުގެ ހާދސާއެއް ހިނގައިފި އެވެ
މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު ކަމަށް މައުލޫމާތުލިބެ އެވެ.
ފުލުހުން ބުނީ ހުރާ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ރޭ 01:18 ކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުންނާއި، އާންމު ރައްޔިތުން ކުރި މަސައްކަތުން ރޯވި އަލިފާންގަނޑު ވަނީ މާ ގިނައިރުތަކެއް ނުވެ ނިއްވާލެވިފަ އެވެ.
މި ހާދިސާގައި ޖިސްމާނީ ގޮތުން އެއްވެސް ފަރާތަކަށް އަނިޔާއެއް ލިބިފައި ނުވެ އެވެ. ނަމަވެސް ނަފްސާނީ ގޮތުން އަސަރު ކުރި ދިވެހި އަންހެނަކަށް ހުރާ ހެލްތް ސެންޓަރުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާ އަށް މާލެ ގެނެސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއްވަ އެވެ.
މި ހާދިސާގައި އަލިފާން ރޯވި އިމާރާތާއި މުދަލަށް އެކިވަރުގެ ގެއްލުން ތައް ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ކުރިއެކޭ ވެސް އެއްގޮތައް ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ
6 ގަޑިއިރު ކުރިން

"ކަނޑުން ގޯތި ވެސް ލިބޭނީ ކަނޑު އޮވެގެން ނޫންތޯ"؟ މެމްބަރު އައިބީ
8 ގަޑިއިރު ކުރިން

އެވަރެޖްކޮށް ދުވާލެއްގެ މައްޗަށް 5000 ފަތުރުވެރިން ރާއްޖެއަށް!
11 ގަޑިއިރު ކުރިން
"ދެެވަނަ ބުރުގެ ވޯޓުލުން" ރީ-ރެޖިސްޓްރީ ކުރުން މިއަދު ހަވީރާއި ހަމައަށް!
12 ގަޑިއިރު ކުރިން


.gif&w=3840&q=75)