"ދެެވަނަ ބުރުގެ ވޯޓުލުން" ރީ-ރެޖިސްޓްރީ ކުރުން މިއަދު ހަވީރާއި ހަމައަށް!

ރިޟްވާން މޫސާ - 13 އޭޕްރީލު 2026 - 04:08
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބުގައި ދެވަނަ ބުރުގައި ވޯޓުލާ ދާއިރާތަކަށް ރީ-ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.
އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށާއި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށެވެ. ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާއަކީ އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑިއެކެވެ.
އިލެކްޝަންކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ އިންތިހާބުގައި، ދެވަނަ ބުރަށްދާ ދާއިރާތަކުގެ އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިވާ ކަމަށެވެ.
އިންތިހާބުގެ ހރިހައި ކަމެއްވެސް ކުރިއަށް ގެންގޮސްފައި ވަނީ މިނިވަން ކަމާއި، އިންސާފުވެރި މަގުން ކަން ފާހަގަކުރައްވަމުން ޒާހިދު ވިދާޅުވީ އިންތިހާބުތަކާ ގުޅިގެން ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހަޅައިފައިވާ ޝަކުވާތަކާ ގުޅިގެން އެ ކޮމިޝަނުން ދޭ ޖަވާބުތަކާ މެދު ހިތްހަމަނުޖެހޭ ނަމަ، އެ މައްސަލައެއް ހައިކޯޓަށް ހުށަހެޅުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާކަމަށެވެ.
ވިދާޅުވީ އިންތިހާބުތަކުގެ ޝަކުވާގެ ގޮތުގައި ޖުމްލަ 170 ޝަކުވާ ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ލިބިފައިވާ ކަމަށާއި، ގާނޫނީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، ޝަކުވާތަކަށް ޖަވާބުދިނުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ދާކަމަށެވެ.
ޒާހިދު ވަނީ ވޯޓުލުމުގެ އެންމެހާ ކަންތައްތައް އެންމެ ފުރިހަމަ ގޮތުގައި އިންތިޒާމު ކުރުމަށް ޓަކައި، ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކުގެ އިތުރުން، ސިޔާސީ ޕާޓީތަކުންނާއި ޖަމިއްޔާ ޖަމާތްތަކުންނާއި އާންމު ރައްޔިތުން އެެ ކޮމިޝަނަށް ދެއްވާފައިވާ އެއްބާރުލުމާއި އެހީތެރިކަން ފާހަނގަކޮށް އެފަރާތްތަކަށް ޝުކުރުއަދާކުރައްވާފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ކުރިއެކޭ ވެސް އެއްގޮތައް ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ
8 ގަޑިއިރު ކުރިން

"ކަނޑުން ގޯތި ވެސް ލިބޭނީ ކަނޑު އޮވެގެން ނޫންތޯ"؟ މެމްބަރު އައިބީ
9 ގަޑިއިރު ކުރިން

އަނެއްކާވެސް އަލިފާނުގެ ހާދިސާ އެއް ހިނގައިފި
12 ގަޑިއިރު ކުރިން

އެވަރެޖްކޮށް ދުވާލެއްގެ މައްޗަށް 5000 ފަތުރުވެރިން ރާއްޖެއަށް!
13 ގަޑިއިރު ކުރިން


.gif&w=3840&q=75)