logo

ސިޓީސް އެންޑް ލޯކަލް ގަވަމެންޓް މިނިސްޓްރީ އުވާލައިފި

profile

ރިޟްވާން މޫސާ - 15 އޭޕްރީލު 2026 - 06:26

ސަރުކާރުގެ ސިޔާސަތުތައް ހަރުދަނާކުރުމަށް ގެނައި ބަދަލުގެ ދަށުން ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ އިިއްޔެ އުވާލައިފި އެވެ.

https://wamco.com.mv/

ސަރުކާރުގެ ހިންގުމަށް އިއްޔެ ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އިއްޔެ ވަނީ ސަރުކާރުގެ 10 މިނިސްޓްރީއެއްގެ މިނިސްޓަރުން އިސްތިއުފާ ދެއްވާފަ އެވެ. އަދި ރައީސުލް ޖުމްހޫރިއްޔާ އެ ބޭފުޅުންގެ އިސްތިއުފާ ގަބޫލުކުރައްވާފައިވާ ކަމަށްވެސް ވަނީ ހާމަ ކުރައްވާފަ އެވެ.

ސަރުކާރުގެ އާ ކެބިނެޓުގެ ހުވާ ރޭ ކުރިއަށް ގެންގޮސްފައިވާއިރު ކެބިނެޓު އެކުލަވާލާފައިވާއިރު ބައެއް މިނިސްޓްރީ ތައް ވަނީ އުނިކޮށްފަ އެެވެ.

ސަރުކާރުގެ މިހާބޮޑު ބަދަލެއް ހިންގުމުގެ ދާއިރާ އަށް ކުއްލި ގޮތަކަށް ގެނައި ސަބަބެއް ސަރުކާރަކުން އަދި މިހާތަނަކަށް ހާމަކޮށްފައެއް ނުވެ އެވެ.

ކެބިނެޓުގެ 20 މިނިސްޓަރުންގެ ތެރެއިން 10 މިނިސްޓަރަކު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވިއިރު އޭގެ ތެރޭގައި ސިޓީސް އެންޑް ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފު ހިމެނިވަޑައިގަންނަވަ އެވެ.

20 މިނިސްޓްރީގެ ތެރެއިން ރޭ ވަނީ 5 މިނިސްޓްރީ އަކަށް މަދުކޮށް ކެނބިނެޓު އަލުން އެކުލަވާލާފަ އެވެ.

ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ އުވާލައި، އެ މިނިސްޓްރީގެ ޕަބްލިކް ވޯކްސްގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީގެ ދަށަށް ބަދަކޮށްފަ އެވެ.

މީގެ ކުރިން، ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ ވުޖޫދު ނުވާއިރު ވެސް ޕަބްލިކް ވޯކްސްގެ ހުރިހާ ކަމެއް ބެލެހެއްޓީ ހައުސިން މިނިސްޓްރީގެ ދަށުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk