logo

އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު 6،093 މީހުންނަށް ލިބގެންވޭ: އީސީ

profile

މުޙައްމަދު ފަޟްލޫން - 15 އޭޕްރީލު 2026 - 13:14

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ދެވަނަ ބުރުގައި 6،093 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށް އިލެކްޝަންސް ކޮމިޝަން ( އީސީ) އިން ބުނެފިއެވެ.

https://wamco.com.mv/

ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގެ ދެވަނަ ބުރުގައި 6،093 މީހަކު ރަޖިސްޓްރީވެފައިވާ ކަމަށް އިލެކްޝަންސް އިން ހާމަކޮށްފައިވެއެވެ.

ދެވަނަ ބުރުގައި ވޯޓު ފޮށިތައް ބަހައްޓާނެ ތަންތަނާއި، ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންގެ ލިސްޓު އިލްކްޝަންސް އިން ވަނީ އާންމުކޮށްފައެވެ.

މި ލިސްޓުތަކުގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ ފުރުސަތު މިއަދު މެންދުރު 12:00 އިން އިރުއޮއްސި 6:00 އާ ހަމައަށް ހުޅުވާލާނެއެވެ.

ސޮއިކުރުން އޮންނާނީ އިންތިހާބާ ބެހޭ މަރުކަޒުގައެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި 14 ވޯޓު ފޮއްޓެއް ބަހައްޓުމަށް ހަމަޖެހިފައިވެއެވެ. އެއީ ދެވަނަ ބުރަށް ދިޔަ ދާއިރާތަކުގެ އިތުރުން މާލޭގައެވެ. އެގޮތުން، ކެލާ އާއި މާވަށް އަދި ފުވައްމުލައް ދަޑިމަގު އަވަށުގެ ތެރެއިން ކޮންމެ ރަށެއްގައި ދެ ފޮށި، ނޭކުރެންދޫ އާއި ދޮންފަނުގެ ތެރެއިން ކޮންމެ ރަށެއްގައި ފޮއްޓެއް ބަހައްޓަން އެ ކޮމިޝަނުން ނިންމާފައިވެ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk