logo

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރަނީ ޕާކިންގ ޒޯނަކާއި އެކު: ހައުސިންގ މިނިސްޓްރީ

profile

މުޙައްމަދު ފަޟްލޫން - 17 އޭޕްރީލު 2026 - 11:32

https://wamco.com.mv/

ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އެ ސަރަހައްދަށް ވަޑައިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވީ ބޮޑުތަކުރުފާނު މަގު ފުޅާކުރަނީ 500 ސައިކަލް ޕާކްކުރެވޭނެ ޕާކިންގ ޒޯނެއް ހިމަނައިގެން ކަމަށެވެ.

ޕާކިންގ ޒޯނަށް ބަނދަރުގެ ތެރެއިން ހިއްކުމަށް ހަމަޖެހިފައިވަނީ، ގާތްގަނޑަކަށް 98 މީޓަރު ދިގު 28 މީޓަރު ފުޅާ ސަރަހައްދެކެވެ. އެތަނަކީ، މާލެ ސިޓީ ގާޑެން ކުރިމަތިން އޮންނަ ސަރަޙައްދެވެ. މިހާރުވެސް އެތަނުގައި ކުޑަ ޕާކިންގ ޒޯނެއް އޮވެއެވެ.

ހުޅުމާލެ ފެރީޓާމިނަލް ހުރި ސަރަހައްދަކީ ގިނަ އޯފީސްތައް ހިމެނޭ ސަރަހައްދަކަށް ވުމާއި، އެއާޕޯޓަށް ވަޒީފާއަށް ދާ މީހުންގެ އިތުރުން ރިސޯޓުތަކާއި އެހެނިހެން ބޭނުންތަކުގައި ރަށުން ބޭރަށް ދަތުރުކުރާ މީހުންވެސް އެ ސަރަޙައްދުގެ ޕާކިން ޒޯން ބޭނުން ކުރެއެވެ.

މިހާރު އެ ސަރަހައްދުގައި ޕާކިންގ ޒޯނެއް ނެތުމުގެ ސަބަބުން އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް އެކަމުގެ ދަތިތައް ކުރިމަތިވަމުންދާތީ އެކަން ހައްލުކުރަން މިސަރުކާރުން ވަނީ އެ ތަނުގައި ޕާކް ކުރެވޭނެ އިންތިޒާމް ހަމަޖައްސަން ނިންމާފައެވެ.

ބޮޑުތަކުރުފާނު މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްގީ ކުރާއިރު ފެރީތަކަށް ދޭ ހިދުމަތެއްގެ ގޮތުގައި، ހިޔަލުގައި މަޑުކޮށްލައިގެން ތިބެވޭ ގޮތަށް ޝޭޑެޑް ވެއިޓިން އޭރިއާ ވެސް ބަނދަރުގައި ތަރައްޤީ ކުރަން ހަމަޖެހިފައިވާ ކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ.

ފުރާ މީހުން މަޑުކޮށްލުމަށް ބެންޗެއްވެސް ހިމަނަން ހަމަޖެހިފައިވާއިރު މަގުން ފުޅާ ކުރާ ސަރަހައްދުގައި ޕާކިންގ ލޭނެއްވެސް ތަރައްގީ ކުރަން ވަނީ ހަމަޖެހިފައެވެ.

ސަރުކާރުގެ އަމާޒަކީ މިހާރު ބޮޑުތަކުރުފާނު މަގުގައި ކުރިއަށްދާ މަސައްކަތްތައް މުޅިން ނިންމައި ޖޫން މަހު މަގު އާއްމުންނަށް ހުޅުވާލުމެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk