
ސީވީއެފްގެ ވަޒީފާގެ ދައުރު ނިންމައި ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފި

މުޙައްމަދު ފަޟްލޫން - 17 އޭޕްރީލު 2026 - 14:30
ކްލައިމެޓް ވަލްނެރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ ދައުރު ފުރިހަމަކުރައްވައި، ކުރީގެ ރައީސް، މުހައްމަދު ނަޝީދު އެނބުރި ދިވެހިރާއްޖެ ވަޑައިގެންފި އެވެ.
ސީވީއެފްއަކީ، 2009 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖެއާއި އެހެން ބައެއް ގައުމުތައް ގުޅިގެން އުފެއްދި ފޯރަމްއެވެ.
މި ފޯރަމްގެ މައިގަނޑު މަގްސަދަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ކުދި ޖަޒީރާ ގައުމުތަކާއި ސީވީއެފްގެ މެމްބަރު ގައުމުތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް އެކަން ދުނިޔޭގެ ސަމާލުކަމަށް ގެނައުމެވެ.
ސީވީޢެފްގެ ވަޒީފާގައި ހުންނަވައިގެންވެސް ރައީސް ނަޝީދު ގެންދެވީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިނގަމުންދާ ކަންކަމާއި މެދު އެމަނިކުފާނުގެ ހިޔާލާއި މަޝްވަރާ އެކްސްގައި ހިއްސާކުރައްވައި އެކި މީޑިއާތަކަށް ބަސްދީގަތުން ދެއްވަމުންނެވެ.
ރައީސް ނަޝީދަށް ވަނީ ދާދިފަހުން އެމްޑީޕީގެ ގައުމީ މަޖިލީހުން ގޮނޑިއެއް ދެއްވާފައެވެ. ޕާޓީގެ ހިންގާ ކޮމިޓީގެ އެޑްވައިޒަރެއްގެ މަގާމުގައި ރައީސް ނަޝީދު ހިމެނުމަށް ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާ އަކުން ފާސްކުރީ މިހިނގާ އޭޕްރިލް މަހުގެ ތެރޭގައެވެ.
ގުޅުން ހުރި ޙަބަރުތައް
ކައުންސިލް އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން މާދަމާ ކުރިއަށްދާނެ: އީސީ
4 ގަޑިއިރު ކުރިން

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރަނީ ޕާކިންގ ޒޯނަކާއި އެކު: ހައުސިންގ މިނިސްޓްރީ
5 ގަޑިއިރު ކުރިން

ތަކަންދޫ އިންޖީނުގޭގައި ބެހެއްޓި ޖެނެރޭޓަރ ސެޓް ބޭނުންކުރަން ފަށައިފި
5 ގަޑިއިރު ކުރިން

މިއަހަރުގެ މިހާތަނަށް 86 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)