
ތަކަންދޫ އިންޖީނުގޭގައި ބެހެއްޓި ޖެނެރޭޓަރ ސެޓް ބޭނުންކުރަން ފަށައިފި

މުޙައްމަދު ފަޟްލޫން - 17 އޭޕްރީލު 2026 - 11:31
ހއ. ތަކަންދޫ އިންޖީނުގޭގައި ބެހެއްޓި ޖެނެރޭޓަރ ސެޓް ބޭނުންކުރަން ފަށައިފިއެވެ.
ތަކަންދޫ އިންޖީނުގޭގައި ބެހެއްޓި އައު ޖަނަރޭޓަރާއި އެކު ރަށަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
ތަކަންދޫއަށް ގެނައި 250 ކިލޯވޮޓުގެ އައު ޖެންސެޓް އިންސްޓޯލްކޮށް ބޭނުންކުރަން ފެށުމާ ގުޅިގެން މީޑިއާ އަށް މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ ތަކަންދޫ ބްރާންޗުގެ މެނޭޖަރ އަބްދުﷲ ރަޝީދު ވިދާޅުވީ، ތަކަންދޫގައި އައު ޖެންސެޓެއް އިންސްޓޯލްކޮށް ބޭނުން ކުރުމަކީ، ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ބޮޑުހައްލެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.
ތަކަންދޫގައި އައު ޖެންސެޓެއް އިންސްޓޯލްކޮށް ބޭނުންކުރަން ފަށާފައިވަނީ، މިމަހުގެ 2ވަނަ ދުވަހުގައެވެ.
ތަކަންދޫގައި އިތުރުވަމުން އަންނަ އާބާދީއާއެކު ކަރަންޓަށް އޮންނަ ޑިމާންޑުވެސް އަންނަނީ، އިތުރުވަމުންނެވެ.
އަތޮޅު ތެރޭގެ ކަރަންޓްގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން ފެނަކައިން ދަނީ މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ސީވީއެފްގެ ވަޒީފާގެ ދައުރު ނިންމައި ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފި
37 މިނިޓު ކުރިން
ކައުންސިލް އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން މާދަމާ ކުރިއަށްދާނެ: އީސީ
3 ގަޑިއިރު ކުރިން

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރަނީ ޕާކިންގ ޒޯނަކާއި އެކު: ހައުސިންގ މިނިސްޓްރީ
4 ގަޑިއިރު ކުރިން

މިއަހަރުގެ މިހާތަނަށް 86 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)