
މިއަހަރުގެ މިހާތަނަށް 86 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި

މުޙައްމަދު ފަޟްލޫން - 17 އޭޕްރީލު 2026 - 10:11
މިއަހަރުގެ މިހާތަނަށް 86 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހާމަކޮށްފިއެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖެއަށް އެތެރެކުރަން އުޅުނު 68 ކިލޯގެ މަސްތުވާތަކެތި ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ކަސްޓަމްސް އިން ފާހަގަކުރި ގޮތުގައި، މިއީ ވައިގެ މަގުންނާއި ކަނޑު މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހޯދިފައިވާ ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ.
ފުލުހުންނާއި އިމިގްރޭޝަނާ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި އަތުލައިގަނެވުނު މި ތަކެއްޗަކީ، ވޭތުވެދިޔަ އަހަރުތަކުގެ މި މުއްދަތާ އަޅާބަލާއިރު ރެކޯޑް މިންވަރެއް ކަމަށްވެސް އެ މުއައްސަސާއިން މައުލޫމާތުދެއެވެ. ކަސްޓަމްސްގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ ތަންފީޒީ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ރާއްޖެ އެތެރެވާ ތަކެތި ފާސްކުރުމުގެ ނިޒާމު މިހާރަށްވުރެ ފުޅާކުރުމެވެ.
ކަސްޓަމްސްގެ މަސައްކަތްތައް ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރުމުގެ ގޮތުން، ޔޫ.އެން.އޯ.ޑީ.ސީ ގެ އެހީތެރިކަމާއެކު މަސްތުވާތަކެތި ތަޙުލީލުކުރާ 20 'ޑްރަގް އެންޑް ޕްރިކާސަރ ކިޓް' އާއި 60 'ޕޮކެޓް ކިޓް' މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ސީވީއެފްގެ ވަޒީފާގެ ދައުރު ނިންމައި ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފި
38 މިނިޓު ކުރިން
ކައުންސިލް އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން މާދަމާ ކުރިއަށްދާނެ: އީސީ
3 ގަޑިއިރު ކުރިން

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރަނީ ޕާކިންގ ޒޯނަކާއި އެކު: ހައުސިންގ މިނިސްޓްރީ
4 ގަޑިއިރު ކުރިން

ތަކަންދޫ އިންޖީނުގޭގައި ބެހެއްޓި ޖެނެރޭޓަރ ސެޓް ބޭނުންކުރަން ފަށައިފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)