
ބުލީކުރުމަކީ މިއަދު މުޖުތަމައުގައި މުނިފޫހިވިލުވާލަން ކުރާ ކަމެއް: ވަޒީރު ޑރ އިސްމާއިލް ޝަފީއު

މުޙައްމަދު ފަޟްލޫން - 29 އޭޕްރީލު 2026 - 09:41
ބުލީކުރުމަކީ މިއަދު މުޖުތަމައުގައި މުނިފޫހިވިލުވާލަން ކުރާ ކަމެއް ކަމަށް ތައުލީމާއި މަތީތައުލީމާއި ހުނަރު ތަރައްގީ ކުރުމާއި ބެހޭ ވަޒީރު ޑރ އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ސްކޫލްތަކުގައި ބުލީ ކުރާވާހަކަ އާއި ގުޅިގެން އާއްމު ރައްޔިތަކާ ވާހަކަދައްކަވާލެވުނުކަން ފާހަގަކުރައްވައި، އެކަމާ ގުޅިގެން ވަޒީރު ފާހަގަކުރެއްވި ކަންކަން ހިއްސާކުރައްވާފައެވެ.
ކުދިންނަކީ އެކުދިންގެ ވަށައިގެންވާ މާހައުލުން ފެންނަ ކަންކަން ނަކަލުކުރާ ބަޔަކަށްވާއިރު، އޯގާތެރިކަމާއި އަޅާލުން ކުޑަ މާހައުލެއްގައި ބޮޑުވާ ކުދިންނަށް ފެންނާނީ ނޭދެވޭ މަންޒަރުތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެކަކު އަނެކަކަށް މަލާމާތްކޮށް، ދަށު ދަރަޖައިގެ ބަސްތައް ބޭނުންކުރާ މުޖުތަމައެއްގެ ތެރެއިން ކުދިންނަށް ދަސްވާ ނުރަނގަޅު އާދަތަކުގެ ސަބަބުން، ސްކޫލް މާހައުލުގައި ފުރައްސާރަކުރުމުގެ އަމަލުތައް ތަކުރާރުވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ސޯޝަލް މީޑިއާ އާއި އާންމު އެއްވުންތަކުގައި މީހުންގެ އަބުރަށް އަރައިގަތުމަކީ ދިވެހި މުޖުތަމައުގައި މިހާރު މުނިފޫހިފިލުވުމުގެ ވަސީލަތަކަށް ވެފައިވާކަން ވަޒީރު ހިތާމައާއެކު ފާހަގަކުރެއްވިއެވެ.
ފެތުރޭ ކޮންމެ ވާހަކައެއްގެ ހަގީގަތް ބެލުމެއް ނެތި، އަދި އަނެކާއަށް ލިބޭނެ ނަފްސާނީ އަނިޔާއަށް ވިސްނާލުމެއް ނެތި އަމަލުކުރާ މުޖުތަމައަކުން އުފެދޭނީ ނަފްސާނީ ގޮތުން ބަލިކަށި ޖީލެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ހެޔޮލަފާ ޖީލެއް ބިނާކުރުމަށް މުދައްރިސުން ކުރައްވާ މިންނެތް މަސައްކަތް ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ކިޔަވައިދިނުމުގެ އިތުރުން މުޖުތަމައާއި ގޭތެރެއިން ކުދިންނަށް ފެންނަ ނުރަނގަޅު އާދަތައް އިސްލާހުކުރުމަށް މުދައްރިސުން ބޮޑެތި ގުރުބާނީތަކެއް ވަމުންދާ ކަމަށެވެ. އަދި ސްކޫލްތަކުގައި ދެވޭ ތަރުބިއްޔަތު އިތުރަށް ހަރުދަނާކުރަން ޖެހިފައިވާ މިދަނޑިވަޅުގައި، މިއަހަރު އަލަށް ފެށި ބިންގާ ޕްރޮގްރާމަކީ މިކަމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރާނީ ސައީދު
ގަޑިއިރެއް ކުރިން

މިއަހަރު ހައްޖަށްދާ މީހުންނަށް ފޮއްޓާއި ކިޓް ހަައްޖު ކޯޕަރޭޝަނުން ހަވާލްކުރަން ފަށައިފި
ގަޑިއިރެއް ކުރިން

ޕާޓީ ބަދަލުކުރުން މަޖިލިސް މެމްބަރު ކަމުގެ ގޮނޑިގެެއްލޭނެ ކަމަށް ސުޕްރީމް ކޯޓުންވެސް ކަނޑައަޅައިފި
2 ގަޑިއިރު ކުރިން

ވިސާ އާއި ނުލާ 90 ދުވަހު އަޒަރުބައިޖާނަށް ދިވެހިންނަށް ދަތުރުކުރެވޭގޮތް ހަދައިފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)