
ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ޓްރަމްޕާއި ދެކޮޅަށް އެމެރިކާއިން ތެދުވެއްޖެ!

ރިޟްވާން މޫސާ - 04 ޖޫން 2026 - 08:25
މެދުއިރުމަތީގެ ހަނގުރާމަ ބޮޑު ނުތަނަވަސް ކަމެއްގެ ތެރޭގައި އޮއްވައި ހަނގުރާމަ ހުއްޓުމަކަށް ނުވަތަ ހަނގުރަމާ ކުރުން ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްއާ ދެކޮޅަށް އެމެރިކާގެ ވެރިކަންކުރާ ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮންނަ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން ޤަރާރެއް ފާސްކޮށްފިއެވެ.
ޤާނޫނު ހަދާ މަޖިލިސް، ކޮންގްރެސްގެ ތިރިގެ ކަމުގައިވާ ހައުސްގެ 215 މެންބަރުންގެ ވޯޓުން ފާސްކުރި މި ޤަރާރާ ދެކޮޅަށް 208 މެންބަރުން ވޯޓު ދެއްވިއިރު، ރިޕަބްލިކަން ޕާޓީގެ ހަތަރު މެންބަރަކު ވަނީ ޑިމޮކްރެޓުންނާ ގުޅި، ޤަރާރަށް ތާޢީދުކުރައްވާފައެވެ.
މި ޤަރާރުގައިވާ ގޮތުން، ކޮންގްރެސްއިން ހަނގުރާމަ އިޢުލާނުނުކުރާ ނުވަތަ އަސްކަރީ ބާރުގެ ބޭނުންކުރުމުގެ ހުއްދަ ނުދޭހާ ހިނދަކު، އީރާން ހަނގުރާމައަށް ފޮނުވާފައިވާ އެމެރިކާގެ ސިފައިން އެ ސަރަޙައްދުން ބޭލުމަށް ޓްރަމްޕަށް މަޖުބޫރުވާނެއެވެ.
މި ގަރާރާޢި ގުޅޭގޮތުން ބައިނަލް އަގުވާމީ މަޝްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ބުނަމުން ދަނީ މި ގަރާރަކީ ވަގުތީ ނުވަތަ ރަމްޒީ ކަމެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.
ހުސްވި އެޕްރީލު މަހު ވެެސް ސެނެޓުން ވަނީ މި ފަދަ ޤަރާރެއް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. ނަމަވެސް، ހަނގުރާމައިގެ ބާރުތަކާ ބެހޭ މި ފަދަ ޤަރާރުތަކަކީ ޤާނޫނުއަސާސީއާ ތަޢާރުޒުނުވާ ޤަރާރުތަކެއްތޯ އެމެރިކާގެ ސިޔާސީ މަސްރަޙުގެ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
މި ވޯޓަކީ ޓްރަމްޕްގެ ބާރުތައް ހަނިކުރުމަށް ދެ ޕާޓީ ގުޅިގެން ކުރި މަދުން ނޫނީ ނުފެންނަ ފަދަ މަސައްކަތެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރިއެވެ. މީގެ ކުރިން ހައުސްއަށް ހުށަހެޅި މި ފަދަ ތިން ޤަރާރެއް ވަނީ ނާކާމިޔާބުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ހުޅުވާލައިފި
17 ގަޑިއިރު ކުރިން

ފްރެންޗައިޒްގެ އެންމެ ކާމިޔާބު ފެށުމާއެކު 64.35 ކުރޯޑް ރުޕީސް ހޯދައި، "ޓޯޓަލް ދަމާލް" ގެ ރެކޯޑް މުގުރާލައިފި
17 ގަޑިއިރު ކުރިން

އެމްޓީސީސީއާއި ބީއެމްއެލް ގުޅިގެން މަސައްކަތް ކުރަން މަޝްވަރާކޮށްފި
20 ގަޑިއިރު ކުރިން
ހަމަޖެހުން ގާއިމުވުމުން އުޅަނދުފަހަރަށް ދަތުރުފަތުރުގެ ހުއްދަ ދޫކުރަން ފަށާނެ ކަމަށް އީރާނުން ބުނެފި
20 ގަޑިއިރު ކުރިން


.gif&w=3840&q=75)