logo

އެމްޑީޕީ އެކަތިގަނޑަކަށް ވެއްޖެ! ދެން އޮތީ މި ސަރުކާރު ބަލިކުރުން: ފައްޔާޒް

profile

ރިޟްވާން މޫސާ - 13 ޖޫން 2026 - 04:28

އެމްޑީޕީގައި އުފެދިފައި އޮތް ބައިބައި ވުމާއި ނުތަނަވަސްކަން ފިލައި އެންމެން އެކަތިގަނޑަކަށް ވެއްޖެ ކަމަށާއި، ދެން އޮތީ އެންމެން އެއް ރޫހެއްގައި ގޮސް މި ސަރުކާރު ބަލިކުރުންކަމުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ފައްޔާޒް ވިދާޅުވީ ޕާޓީގެ މެންބަރުން ބޮޑު ބަދަލަކަށް ތައްޔާރުކަން ސާބިތު ކޮށްދީފައިވާ ކަމަށާއި ލިބުނު ކުޑަ ދުވަސްކޮޅު ތެރޭ މުޅި ރާއްޖޭގައި ރީނދޫ ލަޝްކަރު ރުކުރުވާލެވިފައި އޮތް މަންޒަރު ފެނުމަކީ ބޮޑު އުފަލެއް ކަމަށެވެ.

އިއްޔެ ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި މީކާއިލް އަހުމަދު ނަސީމް ގެ މައްޗަށް ބޮޑުތަނުން ކުރި ހޯއްދަވައި ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ކެމްޕެއިން ސްލޯގަން "ބޮޑު ބަދަލު" އާއެކު ނުކުންނަވައި އިންތިޙާބު ކާމިޔާބު ކުރައްވާފަ އެވެ.

ފައްޔާޒް ގެ ޕޯސްޓުގައި ވަނީ ރައީސް ނަޝީދާ އެ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމާއި ކެމްޕޭން ޓީމުން ދެއްކި ހިތްވަރަށް ސާބަސް ދަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ ދެން އޮތީ އެކުގައި ގޮސް މި ސަރުކާރު ބަލިކުރުން ކަމަށާ ބަދަހި ސަފުތަކަކާއެކު ނުކުމެ އެ މަސައްކަތް އެމްޑީޕީ އިން ކާމިޔާބު ކުރާނެ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ އެމްޑީޕީ މެންބަރުން ބޮޑު ބަދަލަކަށް ތައްޔާރުކަން ސާބިތުކޮށްދީފައިވާ ކަމަށާއި ރައީސް ނަޝީދަށް ތި ދެއްވި ވޯޓާއެކު "ބޮޑު ބަދަލު" މި ރާއްޖެއަށް ގެނައުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk