logo

ސިވިލް ސާވިސްގެ މުއައްޒަފުންގެ ފެންވަރު މަތިކުރަން ދިރާސާއެއް ހަދަން އެބަޖެހޭ: މުޖުތާޒު

profile

ރިޟްވާން މޫސާ - 13 ޖޫން 2026 - 08:00

ސިވިލް ސާވިސްގެ މުވައްޒަފުންގެ މަަސައްކަތުގެ ފެންވަރު މަތިކުރެވޭނެ ގޮތްތައް ހޯދައި، ދިރާސާކުރަން ޖެހޭ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު މުޖުތާޒު މިއަދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ސިވިލް ސާވިސްގެ ވަޒީފާގައި 35000 މީހުންނަށް ވުރެ ގިނަ މުއައްޒަފުން ހަރަކާތްތެރިވަމުން އަންނަ ކަން ފާހަގަކޮށްލެވެ އެވެ.

މި އަހަރުގެ ސިވިލް ސާވިސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި މުޖުތާޒު ވަނީ، ޚިދުުމަތުގައި މުވައްޒަފުން ގިނަ ނަމަވެސް، ރާއްޖެ އުފެދިފައިވާ ގޮތުން ޚިދުމަތްތައް ދިނުމަށް ގޮންޖެހުންތައް ކުރިމަތިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ސިވިލް ސާވިސްއިން މަސައްކަތް ކުރަން ޖެހޭކަން ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިލްމީ ދިރާސާތަކުގެ ތެރޭގައި ހިންގުން ހަރުދަނާ ކުރުމާއި، އިދާރާތަކުގެ މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމާއި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމާއި މަސައްކަތުގެ ރައްކާތެރި މާހައުލެއް ގާއިމުކުރުން ފަދަ ކަރުދާސްތައް ހިމެނޭ ކަމަށެވެ.

އެ ދިރާސާތަކުން ލިބޭ މައުލޫމާތު އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށް، ރާއްޖޭގެ މާހައުލަށާއި ހާލަތަށް އެންމެ އެކަށޭނަ ގޮތްތައް ދެނެގަންނަން ޖެހޭނެ ކަމަށް މުޖުތާޒު ވިދާޅުވިއެވެ.

މުޖުތާޒު އިތުރަށް ވިދާޅުވީ ތަރައްގީވެފައިވާ ގައުމުތަކެކޭ އެއްފަދައިން ކޮންމެ ދިވެއްސަކަށް ވެސް އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޭނުން ހިފައި، ޚިދުމަތްތައް ލިބުމުގެ މަގުފަހިވެފައިވާ ކަމަށެވެ. އަދި ޚިދުމަތެއް ތަރައްގީ ކުރުމުގައި ޓެކްނޮލޮޖީގެ ބޭނުން ހިފައިފި ނަމަ އެ ޚިދުމަތެއް އެތައް ގުނައަކަށް ތަރައްގީވެ، ޚަރަދު ވެސް ކުޑަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ، ސިވިލް ސާވިސްގެ ޚިދުމަތުގައި ވެސް ޓެކްނޮލޮޖީ ވީހާވެސް ބޮޑަށް ބޭނުންކޮށް، ކަރުދާސް މަދުކޮށް، އާންމު ރައްޔިތުންނާ ވީހާ ވެސް ގާތުން ޚިދުމަތް ފޯރުކޮށްދޭން މަސައްކަތް ކުރަން މުޖުތާޒު ގޮވައިލެއްވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk