logo

އެމްއައިބީގެ "ވޯލްޑް ކަޕް ފީވާ-ޕްރެޑިކްޓް އެންޑް ވިން"ގައި ބައިވެރިވެގެން ފައިސާގެ އިނާމް

profile

ރިޟްވާން މޫސާ - 13 ޖޫން 2026 - 08:00

މިއަހަރުގެ ވޯލްޑް ކަޕް ފޯރިއާ ދިމާކޮށް، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބޮޑެތި އިނާމުތަކަކާއެކު "ވޯލްޑް ކަޕް ފީވާ – ޕްރެޑިކްޓް އެންޑް ވިން" ގެ ނަމުގައި ސޯޝަލް މީޑިއާ ކެމްޕޭނެއް ފަށައިފިއެވެ.

https://wamco.com.mv/

މި މުބާރާތުގައި ބައިވެރިވުމަށް ޓަކައި، މެޗުތައް އޮންނަ ދުވަސްތަކުގައި އެމްއައިބީގެ ސޯޝަލް މީޑިއާ ޕޭޖުތަކުގައި ހިއްސާކުރާ މައިކްރޯސޮފްޓް ފޯމް މެދުވެރިކޮށް މެޗުން މޮޅުވާނެ ޓީމު ދިމާކުރަންޖެހޭނެއެވެ. މެޗު އޮންނަ ކޮންމެ ދުވަހަކު ވެސް އާ ޕޯސްޓެއް ކުރަމުންދާނެއެވެ. އަދި ކޮންމެ މެޗަކުން ވެސް ނަސީބުވެރި އެއް ފަރާތް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

ފައިސާގެ އިނާމުތައް ބަހާލާފައިވާ ގޮތަކީ ފުރަތަމަ 96 މެޗުގެ ނަސީބުވެރިންނަށް: ކޮންމެ މެޗެއްގެ ނަސީބުވެރިޔަކަށް -/1,000 ރުފިޔާ (ޖުމްލަ 96,000 ދިވެހި ރުފިޔާގެ ކޭޝް ޕްރައިޒް) އާއި، އަދި ކުއާޓަރު ފައިނަލުން ފެށިގެން މަތީގެ 8 މެޗުގެ ނަސީބުވެރިންނަށް ކޮންމެ މެޗެއްގެ ނަސީބުވެރިޔަކަށް ޕީއެސް 5 ޕްރޯއެކެވެ.

ނަސީބުވެރިން ހޮވާނީ ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ރަނގަޅު ޖަވާބު ދީފައިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުންނެވެ. ފައިސާގެ އިނާމުތައް ސީދާ ނަސީބުވެރިޔާގެ އެމްއައިބީ އެކައުންޓަށް ޖަމާކޮށްދެވޭނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk