logo
ވަޠަނީ ޚިދުމަތުން ސިފައިންގެ ޚިދުމަތާ ގުޅުނު ދަރިވަރުން

ވަޠަނީ ޚިދުމަތުން ސިފައިންގެ ޚިދުމަތާ ގުޅުނު ދަރިވަރުން

ވަޠަނީ ޚިދުމަތުން ސިފައިންގެ ޚިދުމަތާ ގުޅުނު ދަރިވަރުންނަށް ރައީސް ހިތްވަރު ދެއްވައިފި

profile

ރިޟްވާން މޫސާ - 13 ޖޫން 2026 - 09:37

ވަޠަނީ ޚިދުމަތުގެ ފުރަތަމަ ބެޗުން ސިފައިންގެ ޚިދުމަތާއި ގުޅުނު ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހިތްވަރު ދެއްވައިފިއެވެ.

https://wamco.com.mv/

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމުގައި 130 ދަރިވަރުން ވަނީ ޤައުމީ ދިފާޢީ ބާރާއި އަސާސީ ތަމްރީން ކޯސް ފުރިހަމަކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ހިއްސާ ކުރެއްވެވި ޕޯސްޓެއްގައި ބުނެފައި ވަނީ މި ޕްރޮގްރާމަކީ، އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ.

undefinedވަޠަނީ ޚިދުމަތުން ސިފައިންގެ ޚިދުމަތާ ގުޅުނު ދަރިވަރުން

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ފުރަތަމަ ބެޗުން 344 ދަރިވަރަކު ދަސްވެނިވެފައިވެއެވެ. އޭގެ ތެރެއިން އެކިއެކި ދާއިރާތަކުން ވަޒީފާ ހޯދުމަށް ހުޅުވާލި ފުރުޞަތުގައި ސިފައިންގެ ޚިދުމަތަށް ކުރިމަތިލި ޒުވާނުންނަށް އަމާޒުކޮށް ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ 72 ވަނަ ބުރު ވަނީ ބާއްވާފައެވެ. މި ބުރުން 137 ދަރިވަރަކު ވަނީ ދިވެހި ސިފައިންގެ ޚިދުމަތާއި ގުޅިފައެވެ. މިއީ ރާއްޖޭގެ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ ދަރިވަރުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ސިފައިންގެ އަސާސީ ތަމްރީނު ކޯހުން އެކި ވަނަތައް ހާސިލްކުރި ބައިވެރިންނަށް މަރުހަބާ ދެންނެވުމަށްފަހު އެމަނިކުފާނު ވަނީ މި ކޯސް ނިންމި ދަރިވަރުންނަށް ހިއްވަރު ދެއްވައި ސިފައިންގެ ޚިދުމާތާ ގުޅުނު ޒުވާނުންނަށް ސާބަސް ރައްދުކޮށްދެއްވާފަ އެވެ.

undefined

ވަޠަނީ ޚިދުމަތުގެ ފުރަތަމަ ބެޗުން ތަމްރީނު ފުރިހަމަ ކުރި ގިނަ އަދަދެއްގެ ދަރިވަރުން ދިވެހި ސިފައިންގެ ޚިދުމާއި ގުޅިފައިވާއިރު، މިހާރުވެސް ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ބެޗުތައް ދަނީ ތަމްރީނު ހާސިލްކުރަމުންނެވެ. މިހާރު މި ޕްރޮގްރާމުގެ ތަމްރީން ހާސިލް ކުރަމުން ދަނީ ތިން ވަނަ ބެޗުގެ ދަރިވަރުންނެވެ. މި ބެޗުގައި ތަމްރީނު ހާސިލް ކުރުމަށް 352 ދަރިވަރުން ވަނީ ފުރާފާއެވެ.

އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރ، ޅ.މާފިލާފުށިގައި ތިންމަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީނުގައި ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތު ކަމާއި، ދީނީ ތަރުބިއްޔަތާއި އަޚުލާޤާއި ސުލޫކު، ލީޑަރޝިޕް އަދި ހަށިހެޔޮކަމުގެ އިތުރުން ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާނެ ތަފާތު އެތައް ދާއިރާއަކުން މި ޒުވާނުންނަށް ތަމްރީނު ދެވޭނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk