
ފ.ނިލަންދޫގައި ނަރުދަމާ ނިޒާމް ހައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނީ
ރައީސްގެ އެންގެވުމާއެކު ނިލަންދޫ ނަރުދަމާ ނިޒާމު ހައްލުކުރަން މަސައްކަތް ފަށައިފި

ރިޟްވާން މޫސާ - 13 ޖޫން 2026 - 09:37
ފ.ނިލަންދޫގައި ގާއިމްކުރާ އައު ނަރުދަމާ ނިޒާމުގެ މަޝްރޫޢުގެ މަސައްކަތުގައި މިހާރު ކުރަމުންދަނީ ޕަންޕިންގ ސްޓޭޝަން ބެހެއްޓުމުގެ މަސައްކަތްތައްކަމަށް ނިލަންދޫ ކައުންސިލުން ވިދާޅުވެއްޖެ އެވެ.
15 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ހައްލު ނުކުރެވބި އޮތް ފ.ނިލަންދޫ ނަރުދަމާ ނިޒާމުގެ މައްސަލަ އާއި ބެހޭގޮތުން "އަސްލު" އިން ރައީސުލް ޖުމްހޫރިއްޔާ އާއި ސުވާލުކުރެއްވުމުން އެމަނިކުފާނު ވިދާޅުވީ މި މައްސަލަ އަށް ދާއިމީ ހައްލު ހޯއްދަވައި ދެއްވުމަަށް އެވަގުތުން ފެށިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ މި މަސައްކަތް ހިނގަމުން އަންނަ ގޮތް ވަރަށް ގާތުން ސަރުކާރުންވެސް ބައްލަވާނެ ކަމަށެވެ.
ނަރުދަމާގެ މައްސަލައަކީ ނިލަންދޫއަށް ޒަމާނުއްސުރެވެސް ދިމާވެފައިވާ މައްސަލައެކެވެ. މި މައްސަލައަށް ހައްލެއް ގެނައުމަށް ނިލަންދޫގައި ގާއިމްކުރާ އައު ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެތެރޭގައެވެ.
ނިލަންދޫގައި ޤާއިމްކުރާ އައު ނަރުދަމާ ނިޒާމަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ، އެމްޑަބްލިޔުއެސްއީއާ ޙަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ އަގަކީ 69.6 މިލިޔަން ރުފިޔާއެވެ. މަޝްރޫޢުގެ މުއްދަތަކީ 720 ދުވަހެވެ.
ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ވިދާޅުވީ، އެ މަޝްރޫޢުގެ މަސައްކަތް މިހާރުވެސް ނުހުއްޓި ކުރިއަށްދާކަމަށެވެ. އެގޮތުން މި މަޝްރޫޢުގެ ތެރެއިން މަގުތަކުގައި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތްތައް ނިމި، ރަށުގެ 5 ސަރަހައްދެއްގައި ނަރުދަމާ ޕަންޕިންގ ސްޓޭޝަން ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ފ.ނިލަންދޫގައި ގާއިމްކުރާ އައު ނަރުދަމާ ނިޒާމުގެ މަޝްރޫޢުގެ ތެރޭގައި ނަރުދަމާ ހޮޅި އެޅުމާއި، ނަރުދަމާ ޕަންޕިންގ ސްޓޭޝަން ބެހެއްޓުމާއި، ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި އަދި އައުޓް ފޯލް އެއް އެޅުމުގެ އިތުރުން މި މަސައްކަތާއި ގުޅުން ހުރި މަސައްކަތްތައް ކުރުން ހިމެނެއެވެ.
ގުޅުން ހުރި ޙަބަރުތައް
ވަޠަނީ ޚިދުމަތުން ސިފައިންގެ ޚިދުމަތާ ގުޅުނު ދަރިވަރުންނަށް ރައީސް ހިތްވަރު ދެއްވައިފި
ގަޑިއިރެއް ކުރިން

ކޮރޮޕްޝަން ނައްތާލެވޭނީ ސިވިލްސާރވަންޓުންނަށް: ޑރ. އިސްމާޢިލް ޝަފީޢު
ގަޑިއިރެއް ކުރިން

ސިވިލް ސާވިސްގެ މުއައްޒަފުންގެ ފެންވަރު މަތިކުރަން ދިރާސާއެއް ހަދަން އެބަޖެހޭ: މުޖުތާޒު
3 ގަޑިއިރު ކުރިން

އެމްއައިބީގެ "ވޯލްޑް ކަޕް ފީވާ-ޕްރެޑިކްޓް އެންޑް ވިން"ގައި ބައިވެރިވެގެން ފައިސާގެ އިނާމް
3 ގަޑިއިރު ކުރިން


.gif&w=3840&q=75)