logo

ކޮރޮޕްޝަން ނައްތާލެވޭނީ ސިވިލްސާރވަންޓުންނަށް: ޑރ. އިސްމާޢިލް ޝަފީޢު

profile

ރިޟްވާން މޫސާ - 13 ޖޫން 2026 - 09:36

ކޮރަޕްޝަން ނައްތާލުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ ސިވިލް ސާވިސް މުވައްޒަފުންނަށް ކަމަށް ތަޢުލީމާއި، މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ސިވިލް ސާވިސް ކޮންފަރެންސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ތަޢުލީމީ ވަޒީރު ވަނީ ސިވިލް ސާވިސް މުވައްޒަފުން ހިފަހައްޓަންޖެހޭ މަސައްކަތުގެ އަޚްލާޤަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފަ އެވެ.

ޑރ ޝަފީއު ވިދާޅުވީ ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ސިވިލް ސާވިސް މުވައްޒަފުންނަކީ ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތައް ދިނުމުގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތްކަމަށެވެ.

ދިވެހި ސިވިލް ސާވިސްގައި ކޮންޓްރެކްޓު މުވަޒަފުން ހިމެނޭހެން 35،000 އެއްހައި މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު، އާބާދީގެ ކޮންމެ 15 މީހަކަށް ސިވިލް ސާވިސްގެ މުވައްޒަފަކު ޚިދުމަތް ކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދައުލަތުގެ ބެޖެޓުންވެސް ސިވިލް ސާވިސް މުވައްޒަފުންނަށް ބޮޑު ޚަރަދެއް ކުރާ ކަމަށް ވަޒީރު ވިދާޅުވއިެވެ.

ކޮރަޕްޝަން ނައްތާލުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރެވެން އޮތީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ކަން ފާހަގަ ކުރައްވަމުން ޑރ ޝަފީއު ވިދާޅުވީ ކޮރަޕްޝަންގެ ވާހަކައަކީ ތަކުރާރުކޮށް އަބަދުވެސް ދެކެވޭ ވާހަކައެއް ކަމަށާއި އިދާރީ ގޮތުން ހިންގާ ކޮރަޕްޝަނެއް މެދުވެރި ނުވާނަމަ މާލީ ކޮރަޕްޝަނަކަށް މަގުފަހިނުވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ކޮންމެ އިދާރާއަކުންވެސް ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ރަންގަޅު ކުރެވޭނެ ކަންކަން ބަލަން ޖެހޭ ކަމަށެވެ. އަދި ބަދަލުތައް ގެނެވިއްޖެނަމަ ރައްޔިތުންނަށް އިސްކަންދީގެން ޚިދުމަތް ދެވޭނެ ގޮތަށް މަސައްކަތް ބައްޓަން ކުރެވޭނެ ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk