logo
ކެންޔާގައި ގާއިމުކުރަން ނިންމާފައިވާ އިބޯލާ ކަރަންޓީނު ފެސިލިޓީއަކާ ދެކޮޅަށް އިހުތިޖާޖު ކުރަނީ

ކެންޔާގައި ގާއިމުކުރަން ނިންމާފައިވާ އިބޯލާ ކަރަންޓީނު ފެސިލިޓީއަކާ ދެކޮޅަށް އިހުތިޖާޖު ކުރަނީ

އެމެރިކާ އަށް ހާއްސަކޮށް ކެންޔާގައި އިބޯލާ ކަރަންޓީނު ފެސިލިޓީ ގާއިމު ކުރަން އުޅޭތީ އެގައުމުގެ ރައްޔިތުން ރުޅިގަދަވެއްޖެ!

profile

ރިޟްވާން މޫސާ - 13 ޖޫން 2026 - 06:10

އެމެރިކާގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން ކެންޔާގައި ގާއިމުކުރަން ނިންމާފައިވާ އިބޯލާ ކަރަންޓީނު ފެސިލިޓީއަކާ ދެކޮޅަށް ކުރި އިހުތިޖާޖެއްގެ ތެރެއިން، ފުލުހުން ބަޑިޖަހައި މީހަކު މަރާލައިފިއެވެ.

https://wamco.com.mv/

ނަންޔުކީ ސިޓީގައި މި މަރުކަޒާ ދެކޮޅަށް އިހުތިޖާޖުތައް އިންތިޒާމުކުރުމުގައި އިސްކޮށް އުޅުއްވާ ޕެޓްރިކް ވަހޯމޭ، ރޮއިޓާސް ނިއުސް އެޖެންސީއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އެ މީހާ މަރުވީ ބޮލަށް އެރި ވަޒަންތަކެއްގެ ސަބަބުން ކަމަށެވެ. އެ އެޖެންސީގެ ރިޕޯޓަރުންނަށް ފެނުނު ގޮތުގައި، ބޮލަށް ލިބިފައިވާ ބޮޑު އަނިޔާއަކާއެކު އެ މީހާގެ ހަށިގަނޑު އޮތީ ފުލުހުންގެ ވޭނެއްގެ ތެރޭގައި ހަރަކާތެއް ނެތް ހާލަތެއްގައެވެ.

undefinedކެންޔާގައި ގާއިމުކުރަން ނިންމާފައިވާ އިބޯލާ ކަރަންޓީނު ފެސިލިޓީއަކާ ދެކޮޅަށް އިހުތިޖާޖު ކުރަނީ

މި ހާދިސާއާ ގުޅޭގޮތުން ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވީ، އެކަމާ ގުޅޭ އެއްވެސް މަޢުލޫމާތެއް އަދި ލިބިފައިނުވާ ކަމަށެވެ.

ވެރިރަށް ނައިރޯބީއާ ގާތްގަނޑަކަށް 120 މޭލު ދުރުގައި އޮންނަ ނަންޔުކީގެ ލައިކިޕިއާ އެއާބޭސް ކައިރިއަށް ގިނަ ބަޔަކު އެއްވެ އިހުތިޖާޖުކޮށްފައިވެއެވެ. މި އެއާބޭސްއަކީ ކަރަންޓީނު ފެސިލިޓީ ހެދުމަށް ހަމަޖެހިފައިވާ ތަނެވެ. އިހުތިޖާޖުގެ ބައިވެރިންގެ ތެރެއިން ބައެއް މީހުން ރައްކާތެރިކަމުގެ ހެދުން އަޅައިގެން ތިބިއިރު، "އިބޯލާ" ޖަހާފައިވާ ސަންދޯކެއްވެސް އެ ސަރަހައްދުގައި ގެންގުޅުނެވެ.

undefined

މި އެއްވުން ރޫޅާލުމަށް ފުލުހުން ކަރުނަގޭސް ބޭނުންކޮށްފައިވާއިރު، ބައެއް މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކެންޔާ ހިއުމަން ރައިޓްސް ކޮމިޝަނުން 'އެކްސް' ގައި ބުނެފައިވަނީ، މޫނު ނިވާކޮށްގެން ތިބި ފުލުހުން އަސްލު ވަޒަން ބޭނުންކޮށްގެން ބަޑިޖަހާފައިވާ ކަމަށާއި، އަދި އެއްވެސް އުސޫލެއް ނެތި އިހުތިޖާޖުގެ 19 ބައިވެރިއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk