
ބޯކޮށް ވާރޭވެހި މާފަރުގެ 10 ގެއަކަށް ފެންވަދެ ގެއްލުން ވެއްޖެ!

ރިޟްވާން މޫސާ - 13 ޖޫން 2026 - 08:00
އިއްޔެ މެންދުރުފަހުގެ ވަގުތަކުން ފެށިގެން އިރުއޮއްސެންދެން ނ. މާފަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން 10 ގެއަކަށް ފެން ވަދެފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
މާފަރު ކައުންސިލްގެ ރައީސް މުޙައްމަދު އަބްދުލްޣަނީ ވިދާޅުވީ އެ ރަށަށް ވާރޭ ވެހެން ފެށީ އިއްޔެގެ މެންދުރު 14:15 ހާއިރު ކަމަށެވެ. އަދި ބޯކޮށް ވާރޭވެހި އާދަޔާ ޚިލާފަށް ފެންބޮޑުވާކަން ފާހަގަވުމުން، ފެން ހިންދުމުގެ މަސައްކަތަށް އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދުނު ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ގޭގެ އަށް ފެންވަދެ ލިބުނީ ކިހާވަރެއްގެ ގެއްލުމެއްކަން އަދި ސާފެއް ނުވެ އެވެ. ނ.މާފަރުގައި ފެންބޮޑު ބައެއް ގޭގެއަށް ފެން ވަދެފައިވާ ވީޑިއޯތައް ވަނީ ޝޯސަލް މީޑިޔާގައިވެސް ބައެއް ފަރާތްތަކުން ހިއްސާކޮށްފަ އެވެ.
އެމްއެންޑީއެފް އިން ވަނީ އިއްޔެގެ 15:30 އިން ފެށިގެން ފެންހިންދުމުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވެ ގޭގެ އަށް ފެން ނުވަންނާނެހެން ވެލި ބަސްތާތައް ޖެހުމުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވެފަ އެވެ. އެގޮތުން އެ ރަށުގެ އެކި ސަރަހައްދުގައި ގާތްގަނޑަކަށް 130 ވެލިބަސްތާ ގޯނި ޖަހާފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. އެމްއެންޑީއެފް އިން ކުރި މި މަސައްކަތް މުޅިން ނިންމާލެވިފައި ވަނީ ރޭ 00:30 ހާއިރު ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

މޫސުން ގޯސްވެ ރާއްޖޭގެ އެކި ހިސާބުތަކަށް އިއްޔެ ވިއްސާރަކޮށްފައިވާއިރު، މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވަނީ މިއަދު ވެސް ރާއްޖޭގެ ހިސާބުތަކަށް ކޮންމެވެސް ވަރަކަށް ވިއްސާރަކުރާނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ކޮންމެ ވެސް ވަރަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ބުނެފައެވެ.
ފާއިތުވި ދުވަސްތަކުގައި ވިއްސާރަވި ނަމަވެސް، ކުރިއަށް އޮތް ދެތިން ދުވަހު މާ ބޮޑަށް ވިއްސާރަނުކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. ނަމަވެސް ދެކުނުގެ އަތޮޅުތަކަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ފޯރާނެކަން އެ އިދާރާއިން ފާހަގަކުރިއެވެ.
ގުޅުން ހުރި ޙަބަރުތައް

ރައީސްގެ އެންގެވުމާއެކު ނިލަންދޫ ނަރުދަމާ ނިޒާމު ހައްލުކުރަން މަސައްކަތް ފަށައިފި
12 މިނިޓު ކުރިން
ވަޠަނީ ޚިދުމަތުން ސިފައިންގެ ޚިދުމަތާ ގުޅުނު ދަރިވަރުންނަށް ރައީސް ހިތްވަރު ދެއްވައިފި
12 މިނިޓު ކުރިން

ކޮރޮޕްޝަން ނައްތާލެވޭނީ ސިވިލްސާރވަންޓުންނަށް: ޑރ. އިސްމާޢިލް ޝަފީޢު
13 މިނިޓު ކުރިން

ސިވިލް ސާވިސްގެ މުއައްޒަފުންގެ ފެންވަރު މަތިކުރަން ދިރާސާއެއް ހަދަން އެބަޖެހޭ: މުޖުތާޒު
2 ގަޑިއިރު ކުރިން


.gif&w=3840&q=75)