logo
މީދޫ ކައުންސިލްގެ ރައީސް ހޮވަން ވޯޓުލުން: މީދޫ ކައުންސިލްގެ ރައީސް ހޮވަން އަލުން ވޯޓުލުން ވަނީ ފަށައިފައި -- ފޮޓޯ/ އީސީ

މީދޫ ކައުންސިލްގެ ރައީސް ހޮވަން ވޯޓުލުން: މީދޫ ކައުންސިލްގެ ރައީސް ހޮވަން އަލުން ވޯޓުލުން ވަނީ ފަށައިފައި -- ފޮޓޯ/ އީސީ

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވަން އަލުން ވޯޓުލުން ފަށައިފި

profile

ރިޟްވާން މޫސާ - 13 ޖޫން 2026 - 06:58

ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓު އެއްވަރުވުމުން، އަލުން ވޯޓުލުން މިއަދު ފަށައިފިއެވެ.

https://wamco.com.mv/

މީދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވަނީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދާއި ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމެވެ.

މި އިންތިޙާބުގެ ވޯޓުލުން މިއަދު ހެނދުނު 08:00 ގައި ފަށާފައިވާއިރު މި އިންތިޙާބަށް ވަނީ ޖުމްލަ 3 ވޯޓު ފޮށްޓެއް ބަހައްޓާފަ އެވެ.

ވޯޓު ފޮށިތައް ބަހައްޓާފައި ވަނީ ދ. މީދޫގައި 2 ވޯޓު ފޮށްޓަކާއި މާލެ ސަރަހައްދުގައި އެ ދާއިރާގެ މީހުން ވޯޓު ލުމަށް ދަރުމަވަންތަ ސްކޫލުގައި 1 ވޯޓު ފޮއްޓެވެ.

މިދިޔަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާގައި، އިލެކްޝަންސް ކޮމިޝަން (އީސީ)ން ފުރަތަމަ އިއުލާނުކުރީ މީދޫ ކައުންސިލްގެ ރައީސްގެ މަގާމު އެއް ވޯޓުގެ ތަފާތުން ކާމިޔާބުކުރީ ސުހާ ކަމަށެވެ. އެއީ، 393 ވޯޓުންނެވެ. އެ ނަތީޖާއިން ދެއްކި ގޮތުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދަށް ލިބުނީ 392 ވޯޓެވެ.

މި ވޯޓާއި މެދު އިލެކްޝަންކޮމިޝަނުގައި ވަނީ އެމްޑީއޭގެ ފަރާތުން މައްސަލަ ޖައްސާފަ އެވެ. އަދި އިންތިޙާބުގެ ނަތީޖާ އިން ހޮވުނު ސުހާގެ ފަރާތުން ވެސް ވަނީ އިލެކްޝަންސް ކޮމިޝަނުގައި މައްސަލަ ޖައްސާފަ އެވެ.

އެހެން ނަމަވެސް ޝަކުވާތައް ބެލުމަށް ފަހު، އީސީން ނިންމީ އެއް ވޯޓުގެ ތަފާތުން އިންތިޚާބު ކާމިޔާބުކުރީ އެމްޑީއޭގެ ޝާހިދު ކަމަށެވެ. އެކަމަކު، ސުހާއަށް ލިބުނު ވޯޓެއް ބާތިލުވެފައިވަނީ ކަރުދާހުގައި ފާހަގަ ޖަހާފައިވާ ދެލި ނޫން އެހެން ދެއްޔަކުން އެޅިފައިވާ ރޮނގަކުން ކަމަށް ބުނެ، އޭނާ ވަނީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައެވެ.

މީގެ އިތުރުން ވޯޓު ކަރުދާސްތަކެއްގައި ތިކިތަކެއް ހުރުމުން މިދިޔަ މަހުގެ 13ގައި ހައިކޯޓުން ވަނީ މ. ވޭވަށު ކައުންސިލްގެ މެންބަރުކަމަށް ލީ ތިން ވޯޓެއް ބާތިލުކަމަށް ވެސް ހުކުމްކޮށްފައެވެ. އެ ތިން ވޯޓަކީ، އެމްޑީޕީގެ ކެންޑިޑޭޓް އަހްސަން ނައީމަށް ލިބިފައިވާ ތިން ވޯޓެވެ. އެ ތިން ވޯޓު ބާތިލު ކުރުމުން އެމްޑީޕީ ކެންޑީޑޭޓަށް ލިބުނު 121 ވޯޓު ބަދަލުވީ 118 ވޯޓަށެވެ. އެހެންވެ، ހައިކޯޓުގެ ހުކުމާ އެކު 119 ވޯޓުން އިންތިޚާބު ކާމިޔާބުވީ ޕީއެންސީގެ ކެންޑީޑޭޓް މުހައްމަދު ނަޒީހެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk