
ޓްރަމްޕް މަރާލައިފާނެ ކަމުގެ ބިރަށް 1000 މިސައިލް ތައްޔާރީ ހާލަތައް ގެނެސްފި!

ރިޟްވާން މޫސާ - 11 ޖުލައި 2026 - 08:03
އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް މަރާލާފައިފާނެ ކަމުގެ ބިރަށް ތައްޔާރު ވުމުގެ ގޮތުން އަންނާނެ ހަމަލާ އަކުން ދިފާއު ވުމަށް 1000 މިސައިލް ތައްޔާރީ ހާލަތައް ގެނސްފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފި އެވެ.
އެމެރިކާ އާއި ޔަހޫދީ އިސްރާއީލް ގުޅިގެން މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނާއި ދެކޮޅަށް ފެށި ހަނގުރާމައިގައި ހަމަލާތަކުގެ ޝިކާރަކަށްވެ އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ހާމަނީ ވަނީ އަވަހާރަކޮށްލާފަ އެވެ.
އީރާނުން ދެމުން ދިޔަ ރައްދު ހަނމަލާތައް ފުލުފުލުން އެމެރިކާ އަށާއި، އެމެރިކާގެ އަސކަރީ ބޭސްތަކަށް އަދި އިސްރާއީލަށް އަމާޒުކޮށް ދިޔައީ ހަނގުރާމައިގައި ކާމިޔާބު ހޯދާފަ އެވެ.
މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގެ ރައީސް ޑިނަލް ޓްރަމްޕް ވަނީ އީރާނުގެ ހަމަލާތަކުން އޭނާ މަރާލާފާނެ ކަމުގެ ބިރަށް ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ.
އަލްޖަޒީރާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާއިން ވަނީ ޓްރަމްޕަށް ހަމަލާއެއް އަތުވެދާނެ ކަމަށް ތައްޔާރުވެ އަސްކަރީ ސިފައިން އޭނާގެ އަރިހުގައި އޮޕަރޭޝަނަށް ނެރެފަ އެވެ. މީގެ އިތުރުން 1000 މިސައިލް މި ހަމަލާތަކުގެ ދިފާއުވުމަކަށް ބޭނުން ކުރަން ނިންމާފަ އެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޤްޗީ ވަނީ، ދެ ފަރާތުގެ ދެމެދުގައި ވެފައިވާ ވަގުތީ އެއްބަސްވުމާ އެއްގޮތަށް އެމެރިކާއިން އަމަލުކުރަމުން ނުދާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެމެރިކާގެ މި އަމަލުތަކުން ހާމަވަނީ އެ ޤައުމުން ވެފައިވާ އިގުރާރުތަކާ ކަނޑައެޅިގެން ޚިލާފުވަމުންދާ ކަމެވެ.
މި ދަނޑިވަޅުގައި، ހުރުމުޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުފަހަރަށް ހަމަލާނުދޭނެކަމުގެ ރަސްމީ ބަޔާނެއް އީރާނުން ނެރުމަށް އެމެރިކާއިން ބާރުއަޅަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް، އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ، ދެ ފަރާތުގެ ދެމެދުގައިވާ އެއްބަސްވުމާއި އެމެރިކާއިން ޚިލާފުވެއްޖެ ނަމަ، އޭގެ ރައްދުގައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
މި މައްސަލައިގައި ސުލްހަވެރި ހައްލެއް ހޯދުމަށްޓަކައި ޤަޠަރުގެ މެދުވެރިން މިހާރު ތެހެރާނުގައި މަސައްކަތް ކުރަމުންދާއިރު، އަންނަ ހޮނިހިރު ދުވަހު އޮމާންގައިވެސް މިކަމާ ގުޅޭ އިތުރު މަޝްވަރާތަކެއް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.
ގުޅުން ހުރި ޙަބަރުތައް
ޗާގޯސް އަކީ ދިވެހިންނާއި ގުޅުން ހުރި ތަނެއް ނޫން ކަމަށް އިނގިރޭސި ވިލާތުން ބުނެފި
11 ގަޑިއިރު ކުރިން

ރާއްޖެއަށް ވޭޕް އެތެރެކުރުމުން ޖޫރިމަނާ އަށް 723 މިލިއަން ރުފިޔާ ލިބިއްޖެ: ކަސްޓަމްސް
11 ގަޑިއިރު ކުރިން

އިހުތިރާމު އަދާކުރުމުގެ 5 އަހަރު ދުވަހުގެ މަޝްރޫއެއް މުޅި ރާއްޖޭގައި ހިންގަނީ
14 ގަޑިއިރު ކުރިން

މަދަނީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެންނާނަން: ރައީސް
14 ގަޑިއިރު ކުރިން


