logo

ޗާގޯސް އަކީ ދިވެހިންނާއި ގުޅުން ހުރި ތަނެއް ނޫން ކަމަށް އިނގިރޭސި ވިލާތުން ބުނެފި

profile

ރިޟްވާން މޫސާ - 09 ސެޕްޓެމްބަރު 2026 - 08:46

ޗާގޯސް އާކިޕެލަގޯ ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރާ ގުޅޭ މައްސަލައަކީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް ކަމެއް ކަމަށް އިނގިރޭސި ފޮރިން އޮފީހުން އަނެއްކާ ވެސް ބުނެފިއެވެ.

https://wamco.com.mv/

ޗާގޯސްގެ މައްސަލައިގައި ޗާގޯސް ލިބުން ނުވަތަ ޗާގޯސްގެ މިލްކުވެރިކަމާއިމެދު އެންމެ އައުލާކަން ބޮޑީ ދިވެހިރާއްޖެ ކަމަށް ވިދާޅުވެ ދިވެހި ތާރީހުން އެނގޭ ގޮތުގައި ޗާގޯސް އަކީ މީގެ ކުރިން ރާޢްޖޭގެ ތަނެއްކަމަށް ވިދާޅުވެ ޗާގޯސް ހޯދުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުިއްޒު ވަނީ އިނގިރޭސި ވިލާތާއެކު ރަސްމީ ބައްދަލުވުންތަކެއް ބާއްވައިދިނުމަށް އެދި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ރަސްމީ ހައިސިއްޔަތުން އިނގިރޭސި ބޮޑު ވަޒީރަށް ސިޓީފުޅެއް ފޮނުވާފަ އެވެ.

ބައިނަލްއަގްވާމީ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އިނގިރޭސި ޚާރިޖިއްޔާގެ ތަރުޖަމާނު އިއްޔެ ވިދާޅުވީ، ޗާގޯސްގެ ސިޔާދަތާ ގުޅޭގޮތުން ރާއްޖެއާއެކު ވާހަކަ ދެއްކުމުގެ ބަދަލުގައި، އިނގިރޭސިވިލާތުގެ ކުރީގެ ސަރުކާރުން 2022 ވަނަ އަހަރު މޮރިޝަސްއާއެކު މަޝްވަރާތައް ފެށީ ވެސް ދިވެހީންނާ ގުޅޭ ކަމެއް ނެތުމުން ކަމަށެވެ.

ރައީސް މުޢިއްޒު ފޮނުއްވި ސިޓީފުޅުގައި، ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ޙަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުމާމެދު ދިވެހިރާއްޖޭގެ ކަންބޮޑުވުންތައް ފާޅުކުރައްވާފައިވާ ކަމަށެވެ. އަދި ރާއްޖެއާއި ޗާގޯސްއާ ދެމެދު އޮތް ތާރީޚީ އަދި ސަގާފީ ގުޅުންތަކަށާއި، އެ ސަރަޙައްދުގެ ކަނޑުގެ މާޙައުލު ޙިމާޔަތްކުރުމަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައިފައިވާ ކަމަށެވެ.

އެމެރިކާގެ ރަސްމީ ހުއްދަ ނުލިބުމުގެ ސަބަބުން، ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން މޮރިޝަސްއާއެކު ވެފައިވާ އެއްބަސްވުމަށް އަމަލުކުރުން އެ ގައުމުން މަޑުޖައްސާލައިފައިވާކަން ހާމަވެފައިވަނީ މިދިޔަ އެޕްރީލް މަހުގެ ތެރޭގައެވެ.

އެކަމާ ގުޅިގެން އޭރު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިނގިރޭސިވިލާތުގެ މި ނިންމުމަކީ ފޯޅަވަހީގެ މައްސަލައިގައި ރާއްޖެއާއެކު އަލުން މަޝްވަރާތައް ފެށުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށެވެ.

https://wamco.com.mv/
tel:+9607331319