logo

މަދަނީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެންނާނަން: ރައީސް

profile

ރިޟްވާން މޫސާ - 09 ސެޕްޓެމްބަރު 2026 - 06:04

މަދަނީ މައްސަލަތައް ހުއްޓިފައި ހުންނަ ހުރުން އަވަސް ކުރުމަށްޓަކައި މަދަނީ އިޖުރާއަތުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަވަން ސަރުކާރުގެ ފަރާތުން ހުށައަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ވަރަށް ގިން ކަންކަން އިއުލާނުކުރައްވާފަ އެވެ.

އެމަނިކުފާނު ވިދާޅުވީ ޝަރުއީ ދާއިރާގައި ރަގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި، އެގޮތުން މަދަނީ މައްސަލަތަކަށް ގޮތެއް ނުނިމި ވަރަށް ގިނަ ދުވަސް ވެފައިވާ މައްސަލަތަކެއްވެސް އެބަހުރި ކަމަށެވެ.

ރައީސް ވިދާޚޅޫވީ އެހެންކަމުން މަދަނީ މައްސަލަތަކާއި ބެހޭ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްދީގެންވެސް މި މައްސަލަތަކަށް އަވަސް ހައްލެއް ގެނައުން މުހިންމު ކަމަށެވެ.

މީގެ އިތުރުން މަދަނީ ކުދި ކުދި މައްސަލަތައް ފަސޭހައި ކޯޓަށް ހުށައެޅޭނެ ފަދަ ނިޒާމެއް ރައްޔިތުންނަށް ގާއިމުކޮށްދެއްވާނެ ކަމަށާއި، އެފަދަ މައްސަލަތައް ކޯޓު މަރުހަލާގައި އަވަސް މުއްދަތެއްގައި ނިިންމޭނެ ފަދަ ގޮތަކަށް ސަރުކާރުން ބާރުއަޅުއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރަށް ފެށުމާއެކު ކޯޓުތަކާއި ބެހޭ ގާނޫނަށް ބައެއް އިސްލާހުތައް ހުށައަޅާނެ ކަމަށެވެ. ރައީސް ވިދާޅުވީ ޝަރުއީ ނިޒާމުގައި ހުރި މައްސަލަތަކަށް ހައްލުކުރެވޭނީ ގާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުން ކަމަށާއި، އެމަސައްކަތް ކުރައްވާނެ ކަމަށެވެ.

https://wamco.com.mv/
tel:+9607331319