
އިހުތިރާމު އަދާކުރުމުގެ 5 އަހަރު ދުވަހުގެ މަޝްރޫއެއް މުޅި ރާއްޖޭގައި ހިންގަނީ

ރިޟްވާން މޫސާ - 09 ސެޕްޓެމްބަރު 2026 - 06:08
އިޙުތިރާމު އަދާކުރުމުގެ 5 އަހަރު ދުވަހުގެ ޤައުމީ މަޝްރޫޢުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަންކަމުގެ އިތުރު ތަފްޞީލްތައް ސަރުކާރުން ހާމަކުރައްވައިފި އެވެ.
ވަޒީރުންގެ މަޖިލީހުގެ މި ނިންމެވުމަކީ މި މަހުގެ 6 ވީ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހު ނިންމަވާފައިވާ ނިންމެވުމެކެވެ.
ވަޒީރުންގެ މަޖިލީހުގެ މި ނިންމެވުމުގައި، ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް ރިވެތި އަޚްލާގު އަލުން އިޔާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވުމާއެކު، އިޙުތިރާމު އަދާކުރުމުގެ 5 އަހަރު ދުވަހުގެ މަޝްރޫޢެއް މުޅި ރާއްޖޭގައި ހިންގެވުމަށާއި އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ޝިޢާރަކީ "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" ކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ.
މީގެއިތުރުން މި މަޝްރޫޢު ހިންގުމަށް ވިލަރެސްކުރާ މި ފަންނުގެ ތަޖުރިބާ ހުރި 9 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އުފެއްދެވުމަށާއި އަދި މި ކޮމިޓީގައި ތިރީގައިވާ ވުޒާރާތަކާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) ހިމެނުއްވުމަށް ވަނީ ނިންމަވާފައެވެ.
އަދި އިޙުތިރާމް އަދާކުރުމުގެ ދުވަހެއް، ޤައުމީ ފެންވަރުގައި "ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް" ގެ ގޮތުގައި އަހަރަކު 1 ފަހަރު ފާހަގަކުރުމަށާއި އެ ދުވަހަކީ މި މަޝްރޫޢު އިފްތިތާޙު ކުރާ ދުވަސްކަމުގައި ހަމަޖެއްސެވުމަށްވެސް ވަނީ ނިންމަވާފައެވެ
ގުޅުން ހުރި ޙަބަރުތައް
ޗާގޯސް އަކީ ދިވެހިންނާއި ގުޅުން ހުރި ތަނެއް ނޫން ކަމަށް އިނގިރޭސި ވިލާތުން ބުނެފި
29 މިނިޓު ކުރިން

ރާއްޖެއަށް ވޭޕް އެތެރެކުރުމުން ޖޫރިމަނާ އަށް 723 މިލިއަން ރުފިޔާ ލިބިއްޖެ: ކަސްޓަމްސް
30 މިނިޓު ކުރިން

މަދަނީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެންނާނަން: ރައީސް
3 ގަޑިއިރު ކުރިން

ހަފްތާއެއް ކުރިން، ކުރި މުޒާހަރާއަކާ ގުޅިގެން، ޝާމިން މިއަދު ހައްޔަރު ކޮށްފި
19 ގަޑިއިރު ކުރިން


