
ހަފްތާއެއް ކުރިން، ކުރި މުޒާހަރާއަކާ ގުޅިގެން، ޝާމިން މިއަދު ހައްޔަރު ކޮށްފި

ރިޟްވާން މޫސާ - 08 ސެޕްޓެމްބަރު 2026 - 14:30
ކޯޓުއަމުރެއްގެ ދަށުން އެމްޑީޕީގެ އެންމެ އިސްކޮށް ހަރަކާތްތެރިވާ އެކްޓިވިސްޓް މުޙައްމަދު ޝާމިން މިއަދު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ޝާމިން ހައްޔަރުކޮށްފައިވަނީ މީގެ އެގާރަ ދުވަސް ކުރިން ކޮށްފައިވާ މުޒާހަރާއެއްގެ މައްސަލައިގަ އެވެ. ޝާމީން ހައްޔަރުކޮށްފައިވަނީ ކޯޓުއަމުރެއްގެ ދަށުންނެވެ.
ޝާމިން ހައްޔަރުކޮށްގެން މިހާރު ވަނީ ގަލޮޅު ޕޮލިސް ސްޓޭޝަނަށް ވައްދާފައެވެ. އޭނާ ހައްޔަރުކުރަން، ކްރިމިނަލް ކޯޓުން ނެރުނު އަމުރު 'ސަން'އަށް ވަނީ ލިބިފައެވެ.
އެ އަމުރުގައިވާ ގޮތުން، ޝާމިން ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހު 28ގައި އެމްޑީޕީން ބޭއްވި އެއްވުނުގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި، މަގު ބަންދުކުރުމަށް ފުލުހުން ޖަހާފައި ހުރި ބެރިކޭޑުތައް ހުރަސްކުރި ކަމުގެ ތުހުމަތުގައެވެ.
ޝާމިންއާ ދެކޮޅަށް، ސީނަށް ދިޔަ ފުލުހެއްގެ ބަޔާނާއި ސީސީޓީވީ ފުޓޭޖު ސްނެޕް ޝޮޓުތަކާއި އިންޓެލިޖެންސް ރިޕޯޓު ވަނީ ކޯޓަށް ހުށަހަޅާފައެވެ.
މީގެކުރިން 2024ގެ ޑިސެމްބަރު ފަހުކޮޅުގައި ޓެކްސީ ޑްރަވައިރުން ކުރި މުޒާހަރާއަކާ ގުޅިގެން ވެސް ޝާމިން ހައްޔަރުކުރިއެވެ. އޭނާ އޭރު ދޫކޮށްލީ ޝަރުތުތަކާއެކީގައެވެ.
މި މުޒާހަރާއާ ގުޅިގެން އެމްޑީޕީ އެކްޓިވިސްޓު އަހުމަދު މައިމޫން މުހައްމަދު ވެސް ހައްޔަރުކުރިއެވެ. އޭނާގެ ބަންދަށް ޖެހި، ފަސް ދުވަސް ހަމަވުމުން މިދިޔަ އާދިއްތަ ދުވަހު ހަވީރު އޭނާ ވަނީ ދޫކޮށްލާފައެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
އިލެކްޝަންސް ޗީފްއާ ދެކޮޅަށް ކުރިއަށްދާ އިހުތިޖާޖާ ގުޅިގެން ދިއްލީގެ ބައެއް މެޓްރޯ ސްޓޭޝަންތައް ބަންދުކޮށްފި
16 ގަޑިއިރު ކުރިން

ސަރުކާރުގެ ސިޔާސަތުތަކަށް ރައީސް ޔާމީންގެ ތޫނު ސުވާލުތަކެއް!
ދުވަހެއް ކުރިން

ވެރިއަކު ދިވެހީންގެ ބިމަކަށް ޢައްދާރުވުން! ބޮޑު އަނިޔާއެއް
ދުވަހެއް ކުރިން

މޯލްޑިވްސް ފައިނޭންސް ފޯރަމް ނޮވެމްބަރު 14 ގައި ބޭއްވުމަށް ނިންމައިފި
2 ދުވަސް ކުރިން


