
ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ދިރާގުގެ އިތުރު ހިއްސާ މި ވަގުތު ސަރުކާރަށް ގަތުމަކީ ބޭކާރު ހަރަދެއް: ރައީސް ނަޝީދު

އާމިނަތު ޝަޒްލާ - 07 ސެޕްޓެމްބަރު 2026 - 11:48
ރާއްޖޭގެ މުވާސަލާތީ މައި ކުންފުނި، ދިރާގުގެ އިތުރު ހިއްސާތަކެއް މި ދަނޑިވަޅުގައި ސަރުކާރަށް އަނބުރާ ގަތުމަކީ ބޭކާރު ޚަރަދެއް ކަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިރާގަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ހަމައެކަނި ރައްޔިތުންގެ ކުންފުނި ކަމަށެވެ. އަދި އެކަން އެގޮތުގައި ދެމިއޮތުމުގެ މައިގަނޑު ސަބަބަކީ އެ ކުންފުނި ޕްރައިވަޓައިޒް ކުރެވި، ކުންފުނީގެ މެޖޯރިޓީ ހިއްސާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި ނެތުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެކަށީގެންވާ ފައިދާއެއް ނެރެދެމުންދާ، އަދި ސިޔާސީ ވަސީލަތެއްގެ ގޮތުގައި ބޭނުންނުކުރާ ހަމައެކަނި ކުންފުންޏަކީވެސް ދިރާގު ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން، މި ވަގުތު އެ ކުންފުނީގެ އިތުރު ހިއްސާ ސަރުކާރަށް ގަތުމަށް މަސައްކަތް ކުރުމަކީ ދައުލަތުގެ ބަޖެޓުން އިސްރާފުކުރުން ފަދަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ދިރާގުގެ މެޖޯރިޓީ ހިއްސާ މިހާރު ބަހުރައިނުގެ ބަތެލްކޯ ކުންފުނިން ކޮންޓްރޯލް ކުރަމުންދާއިރު، އެ ކުންފުނީގައި ދިވެހި ސަރުކާރާއި އާންމު ރައްޔިތުންގެ ހިއްސާވެސް ހިމެނެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ދިރާގާއި އެމްޑަބްލިއުއެސްސީން މީގެކުރިން ވިއްކާލާފައިވާ ހިއްސާތައް އަނބުރާ ސަރުކާރަށް ގަތުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވާފައި ވަނިކޮށެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
އިލެކްޝަންސް ޗީފްއާ ދެކޮޅަށް ކުރިއަށްދާ އިހުތިޖާޖާ ގުޅިގެން ދިއްލީގެ ބައެއް މެޓްރޯ ސްޓޭޝަންތައް ބަންދުކޮށްފި
17 ގަޑިއިރު ކުރިން

ސަރުކާރުގެ ސިޔާސަތުތަކަށް ރައީސް ޔާމީންގެ ތޫނު ސުވާލުތަކެއް!
ދުވަހެއް ކުރިން

ވެރިއަކު ދިވެހީންގެ ބިމަކަށް ޢައްދާރުވުން! ބޮޑު އަނިޔާއެއް
ދުވަހެއް ކުރިން

މޯލްޑިވްސް ފައިނޭންސް ފޯރަމް ނޮވެމްބަރު 14 ގައި ބޭއްވުމަށް ނިންމައިފި
2 ދުވަސް ކުރިން


