
އެމަޒޯން ޕްރައިމް އެއާގެ ކާގޯ ބޯޓެއް ރަންވޭމަތިން ކައްސާލައިގެން ގޮސް ނުރައްކާތެރި އެކްސިޑެނބްޓެއް ހިނގައިފި!

ރިޟްވާން މޫސާ - 07 ސެޕްޓެމްބަރު 2026 - 11:16
މިއާމީ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި އެމަޒޯން ޕްރައިމް އެއާގެ ކާގޯ ބޯޓެއް ރަންވޭމަތިން ކައްސާލައިގެން ގޮސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
މި އެކްސިޑެންޓްގައި ޖުމްލަ ފަސްމީހަކު މަރުވެފައިވާއިރު ގިނަ އަދަދެއްގެ ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާތައް ވެފަ އެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ އެމަޒޯންގެ ޕްރައިމް އެއާ ފްލައިޓް ބޮއިންގ 767-300 މަރުކާގެ ކާގޯ ބޯޓެކެވެ. މި ހާދިސާގައި ކައްސާލައިގެން ގޮސް ކޮންޓްރޯލް ނުވެ އެ ބޯޓު ވަނީ އެއްގަމުގައި ހުރި ގިނަ އަދަދެއްގެ އުޅަނދުތަކުގައި ޖެހިފައެވެ. މިކަމުގެ ސަބަބުން އެސަރަހައްދުގައި ހުރި އުޅަނދުތަކަށް ވެސް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފަ އެވެ.
މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެފައިވާއިރު، އޭގެ ތެރެއިން ތިން މީހެއްގެ ހާލަތު ސީރިއަސް ކަމަށް މިއާމީ-ޑޭޑް ފަޔަރ ޗީފް ރޭ ޖަދާއްލާ ވިދާޅުވިއެވެ.
ބޯޓުން ޖެހުނު އުޅަނދުތަކުގެ ތެރޭގައި މަދުވެގެން ދެ މީހަކު ތިބީ ތާށިވެފައި ކަމަށާއި، ބޯޓުގެ ޕައިލެޓާއި ކޯ-ޕައިލެޓްވެސް ވެއްޓުނު ބޯޓުގެ ތެރޭގައި ތާށިވި ކަމަށް ޖަދާއްލާ ވިދާޅުވިއެވެ.
އޮފިޝަލުން ވަނީ މަރުވި މީހުންގެ މައުލޫމާތު ހާމަކުރުމަށް އިންކާރުކުރައްވާފައެވެ.
މިއާމީ-ޑޭޑް ފަޔަރ ރެސްކިއުއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 60 އަށްވުރެ ގިނަ ރެސްކިއު ޔުނިޓާއި ގާތްގަނޑަކަށް 200 އެއްހާ މުވައްޒަފުން މި ހާދިސާއާ ގުޅިގެން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އިރުއޮއްސެން ކައިރިވިިއިރުވެސް، އެމަރޖެންސީ އޮފިޝަލުން ދިޔައީ ބޯޓުން ތެޔޮ ފޭބުން ހުއްޓުވުމުގެ މަސައްކަތް ކުރަމުން ކަމަށް ޖަދާއްލާ ވިދާޅުވިއެވެ.
ފްލައިޓް ޓްރެކިންގ ސާވިސް "ފްލައިޓްރާޑާ24" އިން ބުނި ގޮތުގައި، ޕުއެރްތޯ ރިކޯގެ ސަން ހުއާންއިން ފުރައިގެން އައި މި ބޯޓަކީ 32 އަހަރުވީ ބޮއިންގ 767-300 މަރުކާގެ ކާގޯ ބޯޓެކެވެ. މިއީ 1994 އިން 2015 އަށް ތަފާތު އެއާލައިންތަކުގައި ފުރެންޖަރ ބޯޓެއްގެ ގޮތުގައި ބޭނުންކޮށްފައިވާ ބޯޓެކެވެ.
އެމަޒޯންގެ ތަރުޖަމާނަކު ނެރުނު ބަޔާނެއްގައި ބުނީ، އެމަޒޯންއަށްޓަކައި މި ބޯޓު ދުއްވާފައިވަނީ ކާގޯ އެއާލައިން "21 އެއާ" އިން ކަމަށެވެ. އެމަޒޯންގެ ތަރުޖަމާނު ކެލީ ނަންޓެލް ވިދާޅުވީ، ހާދިސާއާ ގުޅޭ އިތުރު ތަފްސީލު އެކުންފުނިން އަދިވެސް ހޯދަމުންދާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

އިންޑޮނޭޝިއާގެ ޕަޕުއާގެ މާރުކޭޓެއްގައި ރޯވެ، 6 ކުޑަކުދިން ހިމެނޭހެން 11 މީހުން މަރުވެއްޖެ
18 ގަޑިއިރު ކުރިން

ދިރާގުގެ އިތުރު ހިއްސާ މި ވަގުތު ސަރުކާރަށް ގަތުމަކީ ބޭކާރު ހަރަދެއް: ރައީސް ނަޝީދު
21 ގަޑިއިރު ކުރިން

ދިރާގާއި އެމްޑަބްލިޔުއެސްސީން ވިއްކާލި ހިއްސާތައް ސަރުކާރަށް އަނބުރާ ގަންނަނީ
ދުވަހެއް ކުރިން
ހުރުމުޒް ކަނޑުއޮޅި ހުޅުވާލި ކަމަށް ބުނެ ޓްރަމްޕް ހަދަނީ ހުސް ދޮގު: އީރާން
ދުވަހެއް ކުރިން


