ހުރުމުޒް ކަނޑުއޮޅި ހުޅުވާލި ކަމަށް ބުނެ ޓްރަމްޕް ހަދަނީ ހުސް ދޮގު: އީރާން

ރިޟްވާން މޫސާ - 07 ސެޕްޓެމްބަރު 2026 - 11:17
މެދުއިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން ހާއްސަ ގޮތެއްގައި އެމެރިކާ އަށާއި، އެމެރިކާއަށް ވާގިވެރިވާ ގައުމަތަކަށް ވެސް ދަތިކުރުމުގެ ގޮތުން އީރާނުން ބަންދުކޮށްފައިވާ އެގައުމުގެ މަސްލަހަތު އޮންނަ ކަނޑުއޮޅި ހުޅުވާލާފައިވާ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް ދައްކަވަމުން ގެންދަނީ ދޮގު ވާހަތަކެއް ކަމަށް އީރާނުން ހާމަކޮށްފި އެވެ.
ހުރުމުޒް ކަނޑުއޮޅި ހުޅުވާލި ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް އީރާނުގެ ދިފާއީ އިސް ކޮމާންޑަރު ވަނީ އެމެރިކާގެ ރައީސް އަށް އަމާޒުކޮށް ރައްދެއް ދީފަ އެވެ.
ދިފާއީ އިސް ކޮމާންޑަރު މުޙުސިން ރިޒާއީ ވިދާޅުވީ ހުރުމުޒް ކަނޑުއޮޅި އެއްވެސް މިންވަރަކަށް ހުޅުވާލާފައި ނުވާ ކަމަށޭވެ. މިހާރުގެ ގަވައިދު އޮންނަ ގޮތުން ހުރުމުޒް ކަނޑުއޮޅިން ދަތުރު ކުރެވޭނީ ހަމައެކަނި އީރާނުގެ ހާއްސަ ހުއްދަ އޮންނަ އުޅަނދުފަހަރަށެވެ.
އީރާނުގެ ދިފާޢީ އިސް ކޮމާންޑަރު މުޙުސިން ރިޒާއީ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ހުރްމުޒް ކަނޑުއޮޅި ކައިރީގައި ދަތުރުކުރުން "މަނާ ސަރަޙައްދެއް" ކަނޑައަޅާނެ ކަމަށެވެ.
މި ސަރަޙައްދު ފެށޭނީ އެމެރިކާގެ އަސްކަރީ ޙިޞާރުގެ ރޮނގުން ފެށިގެންނެވެ. އަދި، ހުއްދަނެތި މި ސަރަޙައްދަށް ވަންނަ އުޅަނދުތައް އީރާނުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ލިސްޓަށް އިތުރުކުރާނެ ކަމުގައި އޭނާ އިންޒާރު އީރާނުގެ ދިފާއީ އިސް ކޮމާންޑަރުޔ ވަނީ ދެއްވާފަ އެވެ.
ހުރުމުޒް ކަނޑުއޮޅިއަކީ ކުރިން ކޮންމެ ދުވަހަކު 100 މިލިޔަން ޓަނުގެ މުދަލާއެކު 100 އަށްްވުރެ ގިނަ އުޅަނދު މި ކަނޑުއޮޅި ހުރަސްކުރެއެވެ. ނަމަވެސް، މިހާރު ދަތުރުކުރަނީ އީރާނަށް ޒަރޫރީ މުދާ އުފުލާ ހަތެއް ނުވަތަ އަށެއްކަ އުޅަނދު އެކަނި އެވެ.
އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް ވިދާޅުވީ، އެމެރިކާގެ ހަމަލާތަކާ "ބައްދަލު" ނުވަތަ އެއްވަރުގެ ރައްދު ދިނުން ނިމުމަކަށް އައިސްފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މާ "ވޭންދެނިވި" ހަމަލާތަކެއް ރައްދުގައި ދޭނެ ކަމުގައެވެ.
މީގެ އިތުރުން، ކަނޑުއޮޅީގެ މައްޗަށް އެމެރިކާގެ ބާރު އޮތް ކަމުގައި ޓްރަމްޕް ދަޢުވާކުރައްވާއިރު، ވިޔަފާރި އުޅަނދުތަކަށް ދޭ ހަމަލާތައް ނުހުއްޓަނީސް އީރާނާއެކު މަޝްވަރާ ނުކުރާނެ ކަމުގައި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވެސް ވަނީ ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
އިލެކްޝަންސް ޗީފްއާ ދެކޮޅަށް ކުރިއަށްދާ އިހުތިޖާޖާ ގުޅިގެން ދިއްލީގެ ބައެއް މެޓްރޯ ސްޓޭޝަންތައް ބަންދުކޮށްފި
17 ގަޑިއިރު ކުރިން

ސަރުކާރުގެ ސިޔާސަތުތަކަށް ރައީސް ޔާމީންގެ ތޫނު ސުވާލުތަކެއް!
ދުވަހެއް ކުރިން

ވެރިއަކު ދިވެހީންގެ ބިމަކަށް ޢައްދާރުވުން! ބޮޑު އަނިޔާއެއް
ދުވަހެއް ކުރިން

މޯލްޑިވްސް ފައިނޭންސް ފޯރަމް ނޮވެމްބަރު 14 ގައި ބޭއްވުމަށް ނިންމައިފި
2 ދުވަސް ކުރިން


