logo

ރާއްޖެއަށް ވޭޕް އެތެރެކުރުމުން ޖޫރިމަނާ އަށް 723 މިލިއަން ރުފިޔާ ލިބިއްޖެ: ކަސްޓަމްސް

profile

ރިޟްވާން މޫސާ - 09 ސެޕްޓެމްބަރު 2026 - 08:45

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ ދަށުން ރާއްޖެއަށް އެތެރެކުރުން ހުއްދަ ނެތް ތަކެތީގެ ތެރެއިން ވޭޕް އަދި ވޭޕް ކާޓްރިޖް އަދި މިއާއި ގުޅޭ އެހެންހިހެން ތަކެތި އަތުލައި ޖޫރިމަނާ ކުރެވޭއިރު މިހާތަނަށް ޖޫރިމަނާގެ ގޮތުގައި 723 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހާމަކޮށްފި އެވެ.

https://wamco.com.mv/

ކަސްޓަމްސް އިން ވޭޕް އެތެރެކޮށްގެން މިހާތަނަށް 232 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ކަސްޓަމްސް އިން ވަނީ މިހާތަނަށް ވޭޕް އެތެރެކުރުމުގެ މައްސަލަތަކުގައި ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ. އެގޮތުން ވޭޕް އެތެރެ ކުރަމުންދާ މައްސަލަތައް ބަަލައި އެތަކެތި ކަސްޓަމަށް އަތުލައިގަންނަ މިންވަރު ވެސް ވަނީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފަ އެވެ.

ވޭޕް އެތެރެކޮށްގެން ކުރާ ޖޫރިމަނާ ތަކުގެ ތެރެއިން އެކަކު ވަނީ 156 މިލިއަނުން ޖޫރިމަނާކޮށްފަ އެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނެވުނު އާ އިސްލާހުގެ ދަށުން، 15 ނޮވެމްބަރު 2024 އިން ފެށިގެން ރާއްޖެއަށް ވޭޕާއި އެއާ ގުޅުންހުރި އެކި ބާވަތްތަކުގެ އާލާތްތައް އެތެރެކުރުމަކީ މަނާކަމެކެވެ.

މި ގާނޫނުގައިވާ ގޮތުން، މަނާކުރެވިފައިވާ ވޭޕްގެ އާލާތެއް ގެންގުޅޭ ފަރާތްތައް 2,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެފަދަ ތަކެތި ފުލުހުންނާ ހަވާލުކުރަން އިންކާރުކޮށްފި ނަމަ، 50,000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމުގެ އިހުތިޔާރު ކަމާބެހޭ ފަރާތްތަކަށް ލިބިގެންވެއެވެ.

މީގެ އިތުރުން، ވޭޕް ބޭނުންކުރާ މީހުން 5,000 ރުފިޔާއިން ޖޫރިމަނާ ކުރާއިރު، ހިލޭ ވޭޕް ފޯރުކޮށްދޭ ފަރާތްތައް 10,000 ރުފިޔާއިން އަދި ވޭޕްގެ ވިޔަފާރިކުރާ ފަރާތްތައް 20,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. ވަކިން ހާއްސަކޮށް، 21 އަހަރުން ދަށުގެ ކުޑަކުދިންނަށް ވޭޕް ވިއްކާ ފަރާތްތަކަށް 50,000 ރުފިޔާގެ ބޮޑު ޖޫރިމަނާއެއް ކަނޑައަޅާފައިވެއެވެ.

https://wamco.com.mv/
tel:+9607331319