logo

ވިސާ އަކާއި ނުލައި ދިވެހިންނަށް ސޭޝެލްސްއަށް ދަތުރުކުރުމުގެ ފުރުސަތު ލިބިއްޖެ!

profile

ރިޟްވާން މޫސާ - 15 މޭ 2026 - 10:48

ދިވެހިރާއްޖެއާއި ސޭޝެލްސްއާއި ދެމެދު ވިސާއާއި ނުލާ ދަތުރުކުރެވޭ އެއްބަސްވުމެއް ޤާއިމްކޮށްފިއެވެ. މި އެއްބަސްވުން ޤާއިމްކޮށްފައިވަނީ، ސީޝެލްސްގެ ޚާރިޖީ ވަޒީރު ބެރީ ފޯރ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

https://wamco.com.mv/

މި ގުޅޭގޮތުން އެއްބަސްވުމާއި ގުޅޭގޮތުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ، ދިވެހިރާއްޖެއާއި ސޭޝެލްސްއާ ދެމެދު ވިސާ ނެގުމަކާ ނުލައި ދަތުރުކުރެވޭނެ އެއްބަސްވުމަށް މެއި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ރައްޔިތުންނަށް ވެސް ވިސާއާ ނުލައި 30 ދުވަހު ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވަޒީރު އިރުތިޝާމް ވިދާޅުވިއެވެ.

ސީޝެލްސްގެ ޚާރިޖީ ވަޒީރު ބެރީ ފޯރ ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ތެރެއިން މި އެއްބަސްވުމަށް އަމަލުކުރަން ފެށުމަކީ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިޔަ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޚާރިޖީ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.

އަދި މިއީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ދެ ޤައުމުގެ މެދުގައި އޮތް ގާތް ރަޙުމަތްތެރިކަމާއި އެއްބާރުލުން އިތުރަށް ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވެފައިވަނީ ގިނަ އަދަދެއްގެ ދިވެހިންނާއި، ސޭޝެލްސްގެ ރައްޔިތުން ދެ ޤައުމުގެ ހިތްގައިމު ރަށްތަކާއި، ކަނޑުފަޅުތަކުގެ ރީތިކަން ތަޖުރިބާކޮށް، އުފާ ހޯދުމަށް މިކަމުން މަގުފަހިވެގެންދާނެ ކަމަށް ވެސް އުންމީދު ކުރައްވާ ކަމަށެވެ.

ދިވެހިރާއްޖެއިން ސީޝެލްސްއާއެކު ރަސްމީކޮށް ޚާރިޖީ ގުޅުން ޤާއިމުކުރީ، 1 ޖުލައި 1980 ގައެވެ. ދެ ޤައުމުގެ ގުޅުމަށް މިއަހަރު 46 އަހަރު ފުރޭނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk