logo

ވަކި ފަންނަކަށް ނިސްބަތްވާތީ، ސަރުކާރުން އަޅާ ފިޔަވަޅުތަކުން އިސްތިސްނާއެއް ނުވާނެ: ސަރުކާރުގެ އިސް ތަރުޖަމާނު

profile

އާމިނަތު ޝަޒްލާ - 14 މޭ 2026 - 11:52

ވަކި ފަންނަކަށް ނިސްބަތްވިޔަތީ، ޤާނޫނާ ޚިލާފުވެގެން އަޅާ ފިޔަވަޅުތަކުން ވަކި ބަޔަކު އިސްތިސްނާކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫންކަމުގައި ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އެމަނިކުފާނު މިހެން ވިދާޅުވީ، ''ޕްރެސަރ ވިތު ދަ ސްޕޮކްސް'' ސިލްސިލާގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، 10 މޭ 2026 ގައި ކްރިމިނަލް ކޯޓުން ނެރުއްވި، ޝަރީޢަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް ޢަމަލުނުކުރުމަށް އަންގައި ކުރާ އަމުރާ ގުޅިގެން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

އެގޮތުން، ޤާނޫނަކާ ޚިލާފު ނުވާހާ ހިނދަކު، އެއްވެސް މުއައްސަސާއަކުން، އެއްވެސް ފަރާތަކާ ދެކޮޅަށް ފިޔަވަޅެއް ނާޅުއްވާނެކަމުގެ ޔަޤީންކަން، އިސް ތަރުޖަމާނު ދެއްވިއެވެ. އެހެންނަމަވެސް، ހުރިހާ ފަންނެއްގެ ބޭފުޅުންނަށްވެސް، އެބޭފުޅެއްގެ ފަންނުގެ ތެރެއިން ލިބިވަޑައިގަންނަވާ ޙައްޤުތަކާއި، އިޚުތިޔާރުތަކާއި، ބާރުތަކާއި، ޒިންމާތައް ހުންނާނޭކަން އެމަނިކުފާނު ހަނދުމަފުޅުކޮށްދެއްވިއެވެ. އަދި، ސަރުކާރުގެ ވެސް، ރައީސުލްޖުމްހޫރިއްޔާގެ ވެސް ރައުޔަކީ، ކޯޓުން ނެރޭ އަމުރުތަކަށް އިޙުތާރުމުކުރެއްވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި އޮތީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްކަން ފާހަގަކުރައްވައި، އަދުލުއިންސާފުގެ ނިޒާމު ކުޑައިމީސްވާނޭ ގޮތަށް، ނުވަތަ އެ ބޭފުޅުންގެ ބާރު ކެނޑޭނޭ ގޮތަށް، ނުވަތަ އެ ބޭފުޅުންނަށް އޮންނަ ޤާނޫނީ ބާރުތައް ހަނިވާގޮތަށް، މި ސަރުކާރުން ޢަމަލު ނުކުރައްވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވާ ޕްރެސް ކޮންފަރަންސްތަކުގައި، އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށްދާކަން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަށަވަރުކުރެއްވިކަމުގައިވިޔަސް، ކޯޓު އަމުރާ ގުޅޭ ކަންކަން ތަންފީޒުކުރައްވާނީ، ކަމާ ގުޅުންހުރި ތަންފީޒީ އިދާރާތަކުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި 10 މޭ ގައި ކްރިމިނަލް ކޯޓުން ނެރުއްވި ޝަރީޢަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް ޢަމަލުނުކުރުމަށް އަންގައި ކުރާ ޢަމުރާ ގުޅިގެން އޮޅުން އަރާ ފަދަ ކަމެއް އޮތްނަމަ، އެކަން ސާފުކުރަން ހުށަހަޅަން ޖެހޭ އުސޫލުގެ މަތިން ހުށަހަޅައި، އެކަން ސާފުކުރެއްވުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

16 ނޫސްވެރިންނާއެކު މިއަދު ކުރިއަށްގެންދަވާފައި ވަނީ، ''ޕްރެސަރ ވިތު ދަ ސްޕޮކްސް'' ގެ ހަތަރު ވަނަ ބައްދަލުވުމެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk