
އީރާނުގެ ހަތިޔާރު އެޅި ސިފައިން
ހަތިޔާރަކުން އީރާނު ބަލިކޮށެއް ނުލެވުނު ކަމަށް އެމެރިކާއިން ގަބޫލުކޮށްފި!

ރިޟްވާން މޫސާ - 14 މޭ 2026 - 05:47
އީރާނުގެ އަސްކަރީ އުޅަނދު ތަކާއި ހަތިޔާރު ބެލިސްޓިކް މިސައިލް ތަކާއި ޑްރޯން ހަމަލާތައް މާ ބޮޑަށް ވެސް ވަރުގަދަ ކަމަށާއި ހަތިޔާރުން އީރާނު ބަލިކޮށް ނުލެވިދާނެ ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާގެ ލިޔެކިއުންތަކަކުން ހާމަވެއްޖެ އެވެ.
އެމެރިކާ އަކީ ދުނިޔޭގެ އެންމެ ވަރުގަދަ ހަތިޔާރު އެޅި ފައުޖު އަދި އެންމެ ވަރުގަދަ ހަތިޔާރު ހުރި ގައުމު ކަމަށް އަބަދުވެސް ދައުވާ ކުރަމުން އަންނަ ގައުމެކެވެ.
މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމަ އިގައި ހަނގުރާމަ އީރާނާ ދެކޮޅަށް ކުރުމަށް އެންމެ ފުރަތަމަ އިއުލާނު ކުރީ ވެސް އެމެރިކާ އިސްވެ އޮވެކަން ފާހަގަކޮށްލެވެ އެވެ. އެމެރިކާގެ އަނެއް ބައިވެރި އަކީ ޔަހޫދީ އިސްރާއީލެވެ.
ދެގައުމުގެ ދެމެދުގައި ވަރުގަދަ ހަމަލާތަކެއް ދެމުން އައި ހަނގުރާމައިގައި އީރާނު ފުޑުފުޑު ކޮށްލާނެ ކަމަށް އެމެރިކާ އިން ހާމަކުރުމުން އީރާނުގެ އަސްކަރީ ކުރިމަތިލުންތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަ ވެސް ކޮށްފަ އެވެ.
އީރާނުގެ އަސްކަރީ ޤާބިލުކަން ‘ފުނޑުފުނޑުވެފައި’ވާ ކަމަށް އެމެރިކާގެ ސަރުކާރުން ތަކުރާރުކޮށް ބުނި ނަމަވެސް އީރާނުގެ އަސްކަރިއްޔާގެ ޤާބިލު ކަމަށް މާ ބޮޑު ބަދަލެއް އައިސްފައި ނުވާ ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ތައްޔާރުކޮށްފައިވާ ސިއްރު ލިޔެކިޔުންތަކަކުން ވަނީ ދައްކާފަ އެވެ.
ދެ މަސް ދުވަސް ވަންދެން ޙަމަލާ ބަދަލުކުރުމަށް ފަހު މިދިޔަ އޭޕްރިލް މަހުގެ 8ވަނަ ދުވަހު ދެ ފަރާތުން ވަނީ ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް އެއްބަސްވެފައެވެ. އެއްބަސްވުމަށް ޢަމަލުކުރަމުން ދިޔަ ނަމަވެސް އަދިވެސް ޙަމަލާތައް ދަނީ ދެ ފަރާތަށް ވެސް އަމާޒުވަމުންނެވެ.
ހަނގުރާމަ ހުއްޓުމަކަށް އައި ކަމުގައިވިނަމަވެސް އީރާނުން ބަންދުކޮށްފައިވާ ހުރުމުޒް ކަނޑުއޮޅިން ދަތުރު ކުރާ އުޅަނދު ތަކަށް އެމެރިކާއިން ވެސް އަދި ބައެއް އުޅަނދުތަކަށް އީރާނުން ވެސް ދަނީ ހަމަލާތައް ދެމުންނެވެ.
ރިޕޯޓުތަކުގައި ބުނާ ގޮތުން މެއި މަހުގެ ކުރީކޮޅު ތައްޔާރުކޮށްފައިވާ މި ރިޕޯޓުން އީރާނުގެ ގިނަ މިސައިލް މަރުކަޒުތައް ހިންގައި އެ ތަންތަނުން ޙަމަލާ ދިނުމުގެ ޤާބިލުކަން އީރާނުން އަލުން ވަނީ ހޯދައިފައެވެ. އޭގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅި ސަރަޙައްދުގައި ޤާއިމްކޮށްފައިވާ 33 މިސައިލް ސައިޓުގެ ތެރެއިން 30 ސައިޓު ވެސް ހިމެނެއެވެ.
ބެލެވޭ ގޮތުގައި ހަނގުރާމައިގެ ކުރިން އީރާނުގެ އަތުގައި ހުރި މިސައިލްއާއި މޮބައިލް ލޯންޗަރުގެ ޢަދަދުގެ 70 އިންސައްތަ އަދިވެސް އެ ޤައުމުގެ އަތުގައި އެބަހުއްޓެެވެ. އަދި ބިމުގެ އަޑީގައި ޤާއިމްކޮށްފައިވާ އީރާނުގެ މިސައިލް ރައްކާކުރާ ގުދަންތަކާއި މިސައިލް ލޯންޗުކުރާ ސައިޓުތަކުގެ 90 އިންސައްތަ ދަނީ ފުރިހަމައަށް، ނުަވަތަ ކޮންމެވެސް މިންވަރަކަށް ހިންގަމުންނެވެ.
އެމެރިކާގެ ޖާސޫސީ އިދާރާތަކުން މިހެން ބުނެފައިވާއިރު، އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ ތަރުޖަމަނު، އޮލިވިއާ ވޭލްސް ވިދާޅުވީ މިހާރު އޮތް ޙާލަތު ދެމެހެއްޓުމަކީ ކުރެވޭނެ ކަމެއް ނޫން ކަން އީރާނުގެ ސަރުކާރަށް އެނގޭ ކަމަށެެވެ.
ގުޅުން ހުރި ޙަބަރުތައް

މޫސުން ގޯސްވެ ސަމާލުވާން އަންގައިފި: މެޓް އޮފީސް
6 ގަޑިއިރު ކުރިން

ޔޫއޭއީގެ ސަފީރަކަށް ތާރިޤްގެ ނަން، ޤަތަރަށް އާދަމް ޝަރީފްގެ ނަން ހުށަހަޅައިފި
6 ގަޑިއިރު ކުރިން

އިންޑިއާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަނީ
6 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
އެމްއޭސީއެލްގެ ކުރިއެރުމަށް މަސައްކަތް ފަށައިފިން: އެމްއޭސީއެލް ސީއީއޯ
21 ގަޑިއިރު ކުރިން


.gif&w=3840&q=75)